ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2021/186
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 17:33
ސުންގަޑި: 02 ސެޕްޓެންބަރު 2021 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އިޢުލާން

މި މިނިސްޓްރީގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު

J-343210

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން/ ސެކްޝަން

ހިއުމަން ރިސޯސް ޑިވިޜަން،ފޮރިންގ ރެކްރޫޓްމަންޓް ސެކްޝަން، ފޮރިންގ އިމްޕްލޮއީ ރިލޭޝަން ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

  3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ:ހިއުމަން ރިސޯސް މެނޭޖްމަންޓް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1. ދުވަހުން ދުވަހަށް ކަނޑަ އެޅިފައިވާ އަތޮޅު ތަކުގެ ވޯރކޕާރމިޓް އިމެގުރޭސަނަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެމެގުރޭޝަނަށް ހުށަހުޅުން

2. މިނިސްޓރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވޯކްޕާމިޓް ދުވަހުން ދުވަހަށް އެމްޕުލޯއިމަނޓް އެޕްރޫވަލްގެ މައްދަތު އިތުރުކުރުމަށް އިމެގުރޭސަނަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް ކަންޑައެޅިފައިވާ މުއްދަތު ހަމަވުމުގެ އެއމަސް ކުރިން އެންޕްލޯޔިމަންޓް އެޕްރޫވަލް އެކްސްޓެންޝަން އެމެގުރޭޝަނަށް ހުށަހުޅުން

3. މިނިސްޓރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ އެމްޕުޔިމަނޓް އެޕްރޫވަލްގެ މައްދަތު އިތުރުކުރުމަށް ފަހު ފީދެއްކުމަށް މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީއަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް އެމްޕުލޯއިމަނޓް އެޕްރޫވަލް އިމަގުރޭޝަނުން ދޫކުރާތާ ލަސްވެގެން ހަފްތާއެއްތެރޭ މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީއަށްހުށަހުޅުން

4. މިނިސްޓރީ އާއިއެކު ކޮންޓުރެކޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ދުވަހުން ދުވަހަށް ވިސާ އިތުރުކުރުމަށް އިމެގުރޭސަނަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް ކަންޑައެޅިފައިވާ މުއްދަތު ހަމަވުމުގެ އެއްމަސް ކުރިން ވިސާ އެކްސްޓެންޝަނަށް އެމެގުރޭޝަނަށް ހުށަހުޅުން

5.މިނިސްޓރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ފީދެއްކުމަށްފަހު ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް ވިސާކަރޑް އާކުރުމަށް އިމަގުރޭޝަނަށް ލަސްވެގެން ހަފްތާއެއްތެރޭ ހުށަހުޅުން 

6. މިނިސްޓރީ އާއިއެކު ކޮންޓުރެކޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ޖެހުމަށްފަހު ޕާސްޕޯޓް އަދި ވިސަކަރޓް އިމެގުރޭޝަނުން ނިންމުމުން އެމަރގުރޭޝަނުން ނެގުން. އަދި މިނިސްޓރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ ކޮންޓްރެކްޓް ހަމަވުމުށްފަހު އާނުކުރަ ފަރާތްތަކަށް އަދި ކޮންޓްރެކްޓް ބާތިލްކުރާފަރަތްތަކުގެ ވިސާކެންސަލް ކުރުމަށް ހަފްތާއެއްއެއްތެރޭ އިމެގުރޭޝަނަށް ހުށަހެޅުން 

7. މިނިސްޓރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބެންކު އެކައުންޓް ހުޅުވުމަށް މިނިސްޓްރީން ބޭނުންވާ ލިޔެކިއުންތަށް ދުވަހުންދުވަހަށް ދުކުރުން. އަދި ބިދޭސި މުވައްޒަފުންގެ މަސައްކަތު ތަޖްރިބާއާއި ގުޅޭގޮތުން ބޭނުންވާ އެކްސްޕީރިއަންސް ލެޓަރ ހުށައެޅުން. 

8. މިނިސްޓރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުން ޗުއްޓީ އަށްދިއުމަށް އަދި ޗުއްޓީ ނިންމުމަށްފަހު އަންނަ މުވައްޒަފުންގެ ލީވްއެޕްރޫވަލް އަދި ލީވް ކޮމްޕުލީޝަން ލެޓަރ ދުވަހަން ދުވަހަށް ދޫކުރުމާއި އެއްއަތޮޅުން އަނެއް އަތޮޅއަށް ބަދަލުކުރާ މުވައްޒަފުންނާ ކޮންޓރެކްޓް ބާތިލް ކުރާ ފާރތްތަކުގެ އެންމެހާ ލިޔެކިއުންތަށް ތައްޔާރުކޮށް އަތޮޅުތަކަށް ފޮނުވުން 

9. ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންނާ ގުޅޭގޮތުން ސަރުކާރުގެ އޮފީސްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތަށް ފޮނުވުމާ އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ދުވަހުން ދުވަހަށް ކުރުމާއި ބިދޭސީ މުވައްޒަފުންނަށް ޕާސްޕޯޓް އަދި ވިސާކާރޑް ކަނޑަ އެޅިފައިވާ ވަގުތު ތަކުގައި ދޫކުރުން. 

10. ކަނޑަ އެޅުފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ އެންމެހާ ލިޔެކިޔުންތަށް ރައްކާތެރިކާމާ އެކު ފައިލްކޮށް، ހޯދަން ޖެހޭ ވަގުތުތަކުގައި ފަސޭހައިން ފެންނާނެހެން ފައިލްކޮށް ބެލެހެއްޓުން.އަދި ބިދޭސީ މުވައްޒަފުންގެ އެންމެހާ ރެކޯޑްތަށް ފަސޭހައިން ފެންނާހެން ކޮމްޕއުޓަރުގައި ބަލަހައްޓަމުން ގެންދިއުން.

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް،
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

  • ހިޔުމަން ރިސޯސް މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާ

  • ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  (ބ)   ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 02ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާނު، އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް( އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އޮންނާނީ،2021 އޯގަސްޓް މަހު  މިނިސްޓްރީ އޮފް ހެލްތު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އެސެސްމެންޓް ( އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected]   އަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014423 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/recruitment-usoolu އިން ލިބެން ހުންނާނެއެވެ.

26 އޮގަސްޓް 2021