ދިވެހިރާއްޖެ
(IUL)38-AB/38/2021/688: ނަންބަރު
އިޢުލާން
|
ޑްރައިވަރ (އެސް.އެސް 4) މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ ނަންބަރު:IUL]38-AB/38/2021/675] (3 އޮގަސްޓު 2021) އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަށް މަދުކަމަށް ފާހަގަކުރެވޭތީ، އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިއުލާނު ކުރީމެވެ. |
|
|
މަޤާމު: |
ޑްރައިވަރ (އެސް.އެސް 4) |
|
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
|
ސެކްޝަން: |
އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާވިސް ސެކްޝަން |
|
އަސާސީ މުސާރަ: |
މަހަކު 4340.00 ރުފިޔާ (ހަތަރުހާސް ތިންސަތޭކަ ސާޅީސްރުފިޔާ) |
|
ސާރވިސް އެލަވަންސް: |
މަހަކު 1000.00 ރުފިޔާ (އެއްހާސް ރުފިޔާ) |
|
ލިވިންގ އެލަވަންސް: |
މަހަކު 2000.00 ރުފިޔާ (ދެހާސް ރުފިޔާ) |
|
ޚާއްޞަ އެލަވަންސް: |
މަހަކު 1953.00 ރުފިޔާ (އެއްހާސް ނުވަސަތޭކަ ފަންސާސް ތިންރުފިޔާ) (މުސާރައިގެ %45) |
|
ފޯން އެލަވަންސް: |
މަހަކު 100.00 ރުފިޔާ (އެއްސަތޭކަ ރުފިޔާ) |
|
ވަޒީފާގެ ބާވަތް: |
ދާއިމީ |
|
މަސައްކަތުގެ ވަގުތު: |
އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން. |
|
|
|
|
ފެންވަރު ނުވަތަ ޝަރުޠު: |
|
ނޯޓް: ގްރޭޑް 7 ނިންމާފައިވާކަން ކަށަވަރުކުރާނީ، ލީވިންގ ސެޓްފިކެޓް ނުވަތަ ގްރޭޑް 7 ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލުން ދޫކޮށްފައިވާ ލިޔުމަކަށް ރިޢާޔަތްކޮށެވެ. |
|
|
އެހެނިހެން ޝަރުތު: |
|
|
|
|
މަސްއޫލިއްޔަތު: |
|
|
- އިލެކްޝަންސް ކޮމިޝަނުގެ ވެހިކަލުގައި ކުރަންޖެހޭ ދަތުރުތައް ކުރަންޖެހޭ ގަޑިއަށް ކުރުން. - ވެހިކަލްގެ ހާލަތު ކޮންމެ ދުވަހަކު ބަލާ އެއަށް އަޅަންޖެހޭ ތެޔޮ ފަދަ ތަކެތި އަޅާ ސާފުކޮށް ދޮވެ ބެލެހެއްޓުން. - އޮފީހުން އެކި ފަރާތްތަކަށް ރައްދުކޮށްދޭންޖެހޭ ލިޔެކިޔުންތައް ރައްދުކުރުން. |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން: - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ. - މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ. |
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
|
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް ހުށަހަޅާނީ 5 ސެޕްޓެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަނުގެ ރިސެޕްޝަނަށެވެ. ނުވަތަ މި ކޮމިޝަނުގެ އީމެއިލް ([email protected]) މެދުވެރިކޮށެވެ. (މެއިލްއާ އެޓޭޗްކުރެވޭނީ 10mb އަށްވުރެ ކުޑަ ފައިލްއެވެ.) |
|
|
އިތުރު މަޢުލޫމާތު: |
|
|
- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ. - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠުހަމަވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިޔުއިން މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ. - މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. |
|
|
ސަޕޯޓް އޮފިސަރ – އެސް.އެސް 4 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު |
|
|
ބައިތައް |
މާކްސް |
|
ތަޢުލީމާއި ތަމްރީނު |
15 |
|
މަސައްކަތު ތަޖުރިބާ |
35 |
|
އިންޓަވިޔު |
50 |
|
ޖުމުލަ |
100 |
ޝޯޓްލިސްޓު ކުރެވޭގޮތް:
ސަޕޯޓް ސަރވިސް ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ، ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާ އަސާސީ ޝަރުޠު ފުރިހަމަވާނަމަ، ކަނޑައަޅައިފައިވާ މާކްސް ދެވޭނެއެވެ.
ނޯޓް: ނަންބަރު: IUL]38-AB/38/2021/675] (3 އޮގަސްޓު 2021) އިޢުލާނު ބާޠިލްކުރުމާއި ގުޅިގެން ވަޒީފާއަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުންވެސް މި މަޤާމަށް ކުރިމަތިލާން ބޭނުންފުޅުވާނަމަ، ވަޒީފާއަށް އެދި އަލުން ފޯމު ހުށަހަޅުއްވަންޖެހޭނެ ވާހަކަ ދެންނެވީމެވެ.