މަސައްކަތް
ނަންބަރު: (IUL)327-A/327/2021/1152
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 16:25
ސުންގަޑި: 31 އޮގަސްޓް 2021 13:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުޅިވަރުގެ ޢިމާރާތްތައް ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ހޯދުން

ނައިފަރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުޅިވަރުގެ ޢިމާރާތްތަކުގެ ތެރޭގައި ހިމެނޭ ފުޓްބޯޅަދަނޑު، ކާންނާ މާލަން އަދި ވޮލީ ކޯޓް ސާފުކުރުމާއި ބެލެހެއްޓުމުގެ މަސައްކަތްތަކާއި، ތަނުގެ މަރާމާތުގެ މަސައްކަތްތައް ދެނެގަތުމަށް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން މޮނިޓަރކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް 1 އަހަރު ދުވަހުގެ  ކޮންޓްރެކްޓެއްގެ ދަށުން މަސައްކަތްކުރާނެ 2 ކައުންސިލް އެސިސްޓެންޓުން ހޯދަން ބޭނުން ވެއްޖެއެވެ.

މުސާރަ އާއި އެހެނިހެން އެލަވަންސްތައް

މުސާރަ: 3,100 ރުފިޔާ

ސާވިސް އެލަވަންސް: 1,000 ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް: 1,200 ރުފިޔާ

އިތުރު ގަޑީގައި މަސައްކަތެއް ކުރަންޖެހިއްޖެ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ.

ޒިންމާތަކާއި މަސްޢޫލިއްޔަތުތައް

  • ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުޅިވަރުގެ ދަނޑުތަކާއި ބިންތައް ދިއްލުމާއި، ނިއްވުމާއި، ހުޅުވާ ލެއްޕުމުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން
  • ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުޅިވަރުގެ ދަނޑުތަކާއި ބިންތައް ފޮޅާ ސާފުކުރުމުގެ ކަންކަން އިންތިޒާމްކޮށް ކުރިޔަށް ގެންދިއުން
  • ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުޅިވަރުގެ ދަނޑުތަކާއި ބިންތައް މޮނިޓަރކޮށް، މަރާމާތުގެ ކަންކަން ބެލެހެއްޓުން
  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  • ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން

ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠު

ގްރޭޑް 7 ގެ ފުރިހަމަކޮށްފައިވުން

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޯގަސްޓް 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކޮށް އެފޯމާއެކު އައިޑީކާޑްގެ ކޮޕީ އަދި އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6620068 އަދި 9991199 މިނަންބަރު ތަކާއި ގުޅުންވުން އެދެމެވެ.

24 އޮގަސްޓް 2021