މަސައްކަތް
ނަންބަރު: (IUL)13-E/13/2021/217
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 30 އޮގަސްޓް 2021 11:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ބަޖެޓް އިންފޯރގްރަފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ބަޖެޓުގައިވާ މައުލޫމާތު މި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި 2022 ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށް ބޭނުންވެއެވެ. މިގޮތުން ބަޖެޓު ފޮތުގެ ޑިޒައިނާއި ލޭއައުޓް އަދި އިންފޮމޭޝަން ބުކްލެޓެއް ތައްޔާރުކުރުމަށް ވަނީ ގަސްތުކުރެވިފައެވެ. ވީމާ، މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ބިޑް ހުށަހަޅަންޖެހޭނީ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) އާއި އެއްގޮތަށް ފުރަތަމަ ސިޓީ އުރައިގައި ޓެކްނިކަލް ޕްރޮޕޯސަލްއެވެ. އަދި ދެވެނަ ސިޓީ އުރައިގައި އަގުގެ ޕްރޮޕޯސަލްއެވެ. އަދި މި އިޢުލާނާއެކު އާންމުކޮށްފައިވާ ޓީ.އޯ.އާރ އާއި އެއްގޮތަށް އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

 

މި މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން  30 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 11:30 އަށް މިނިސްޓްރީ އޮފް ފިނޭންސްގެ އަށް ވަޑައިގެން ބިޑް ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ. މި މަސައްކަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރަށް ގުޅައިގެން ނުވަތަ އީމޭލްގެ ޒަރިއްޔާއިން ހުށަހެޅުއްވޭނެއެވެ.

ފިސްކަލް އެފެއަރޒް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected] ;[email protected]

22 އޮގަސްޓް 2021