މަސައްކަތް
ނަންބަރު: (IUL)23-AP/23/2021/172
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 16:57
ސުންގަޑި: 30 އޮގަސްޓް 2021 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޏ.ފުވައްމުލަކުގައި އަލަށް އިމާރާތްކުރުމަށް ނިންމާފައިވާ ހޮސްޕިޓަލު ޢިމާރާތުގެ ކުރެހުން ތަކާއި، ބިލް އޮފް ކުއަންޓިޓީ އާއި، ޓެކްނިކަލް ސްޕެސިފިކޭޝަންސް ތަކާއި، ޓެންޑަރ ޑޮކިޔުމެންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

         ޏ.ފުވައްމުލަކުގައި އަލަށް އިމާރާތްކުރުމަށް ނިންމާފައިވާ ހޮސްޕިޓަލު ޢިމާރާތުގެ ކުރެހުން ތަކާއި، ބިލް އޮފް ކުއަންޓިޓީ އާއި، ޓެކްނިކަލް ސްޕެސިފިކޭޝަންސް ތަކާއި، ޓެންޑަރ ޑޮކިޔުމެންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 18 އޮގަސްޓް 2021 ވާ ބުދަ ދުވަހުން ފެށިގެން  30 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

10 މުޙައްރަމް  1443

18 އޮގަސްޓް 2021