ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2021/144
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 17 އޮގަސްޓް 2021 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ސީނިއަރ ކެމިކަލްސް މެނޭޖްމަންޓް އޮފިސަރ

                          ވަޒީފާގެ ފުރުޞަތު

މަގާމު:

ސީނިއަރ ކެމިކަލްސް މެނޭޖްމަންޓް އޮފިސަރ

މަގާމު ނަންބަރު:

J-330523

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަގާމުގެ ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

އެމް.އެސް. 3

މަގާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭތަން:

މިނިސްޓްރީ އޮފް ޑިފެންސް، މާލެ

މުސާރަ:

މަހަކު 7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1- ޓެކްނިކަލް ކޯ އެލަވަންސް: މި މަގާމުގެ ކޯ ޑިސިޕްލިން ކަމުގައިވާ އެނަލިޓިކަލް ކެމިސްޓްރީ/ އެޕްލައިޑް ކެމިސްޓްރީ/ ބަޔޯ ކެމިސްޓްރީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ 8 (އަށެއް) އިން ފެށިގެން މަތީ ސަނަދެއް ހުށަހަޅާފައިވާނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ)،

2- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

3- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

4- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ޤާނޫނު ނަންބަރު 75/4 ގެ ދަށުން ދިވެހިރާއްޖެއަށް ކެމިކަލް އެތެރެކުރުމަށް އެދޭ ފަރާތްތަކަށް ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދިނުމާގުޅޭ އެންމެހާ ކަންތައްތައް ކުރުން.

2-  ދިވެހިރާއްޖެއަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން ކެމިކަލް ރައްކާކުރަން ހަމަޖައްސާ ގުދަންތައް ޗެކްކުރުމުގެ އިންތިޒާމު އެމް.އެން.ޑީ.އެފް އާއި ގުޅިގެން ހަމަޖެއްސުމާއި ހުއްދަ ދިނުމުގެ މަސައްކަތް ކުރުން.

3- ކެމިކަލް ވެޕަންސް ކޮންވެންޝަނާއި ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނާއި ނުރައްކާތެރި ކެމިކަލްއާބެހޭ ގަވާއިދުގެ ދަށުން ރާއްޖެއަށް އެތެރެކުރެވޭ ކެމިކަލްތަކާބެހޭގޮތުން ބަލަހައްޓަންޖެހޭ ހުއްދަ ނަގަންޖެހޭ ކެމިކަލް ތަކާއި، ހުއްދަ ނަގަން ނުޖެހޭ ކެމިކަލްތަކާއި، މަނާކުރެވިފައިވާ ކެމިކަލްތަކާއި ކެމިކަލް ވިއްކާ ފަރާތްތަކުގެ ދަފްތަރުފަދަ ދަފްތަރުތައް ހަދާ ބެލެހެއްޓުން.

 

4- ދިވެހިރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ ތެރެއިން ގާނޫނު ނަންބަރު 75/4 ގެ ދަށުން ނައްތާލަންޖެހޭ ކެމިކަލްތައް ނައްތާލުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި، ނައްތާލެވޭ ކެމިކަލްތަކުގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން.

 

5- ހުއްދަދެވޭ ކެމިކަލްތަކާއި، ކެމިކަލް  ރައްކާކުރާ ގުދަން އަދި ކެމިކަލް އެތެރެކުރާ ފަރާތްތަކުގެ މަޢުލޫމާތު މަކުޑި ސިސްޓަމްގައި ބެލެހެއްޓުން.

 

6- ރާއްޖޭގެފަރާތުން ސޮއިކޮށް ތަސްދީގުކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާ (ކެމިކަލް ވެޕަން ކޮންވެންޝަން)ގެ ދަށުން އަދި ގަނޫނު ނަންބަރު 75/4 (ދިވެހިރާއްޖެ ގެނައުން މަނާތަކެތީގެ ގާނޫނު)ގެ ދަށުން މިނިސްޓްރީގެ ދާއިރާއިން ހަދަންޖެހޭ ބިލްތަކާއި ގަވާއިދުތައް ޑްރާފްޓްކުރާ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.

7- ގާނޫނު ނަންބަރު 75/4 ގެ ދަށުން ހަދާފައިވާ ނުރައްކާތެރި ކެމިކަލްއާބެހޭ ގަވާއިދުގައިވާ އެންމެހާ ކަންތައްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

8- ރާއްޖެ އެތެރެކުރެވޭ ކެމިކަލްތަކަށް ހުއްދަ ދިނުމާއިގުޅޭގޮތުން ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަގާމުގެ ޝަރުތުތައް:

1-       އެނަލިޓިކަލް ކެމިސްޓްރީ/އެޕްލައިޑް ކެމިސްޓްރީ/ބަޔޯ ކެމިސްޓްރީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2-       އެނަލިޓިކަލް ކެމިސްޓްރީ/އެޕްލައިޑް ކެމިސްޓްރީ/ބަޔޯ ކެމިސްޓްރީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަގާމުގެ ކޯ ޑިސިޕްލިން:

އެނަލިޓިކަލް ކެމިސްޓްރީ/އެޕްލައިޑް ކެމިސްޓްރީ/ބަޔޯ ކެމިސްޓްރީ

ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިން ސެޓްފިކެޓަށް ދިނުމަށް ކަނޑައަޅާފައިވާ 5 ޕޮއިންޓް ދެވޭނެއެވެ.

މަސައްކަތުގެ ދާއިރާ:

    ކެމިސްޓްރީ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ( http://www.csc.gov.mv/downloads/15151) އަދި މި މިނިސްޓްރީގެ www.defence.gov.mv   ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން،

(ރ) ޤައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަ ދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ، ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-       އަސާސީ ޝަރުތު ހަމަވުން %30

2-       އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5

3-       ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށްދެވޭ ޕޮއިންޓް %5

4-       އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5

5-       އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

6-       ޕްރެޒެންޓޭޝަން 

7-       އިންޓަރވިއު %30

ނޯޓް: މަގާމަށް ޢައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) އިން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ. 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި (ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް) ހުށަހަޅާނީ 2021 އޮގަސްޓު 17 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން ( [email protected] ) އީ-މެއިލް މެދުވެރިކޮށް މިނސްޓްރީ އޮފް ޑިފެންސަށެވެ.  އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއޮންނާނެ ތަނާއި މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އަދި ޕްރެޒެންޓޭޝަންއާއި އިންޓަވިއު އޮންނާނީ، 2021 އޮގަސްޓް 22 އާ 31 ދެމެދު، މިނިސްޓްރީ އޮފް ޑިފެންސްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް)" އާންމުކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި  އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުން.

   މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724 އަށެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ޢައްޔަންކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usool) އިން ލިބެން ހުންނާނެއެވެ.

 

08 އޮގަސްޓް 2021