މަސައްކަތް
ނަންބަރު: (IUL)142-A1/142/2021/88
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 17:07
ސުންގަޑި: 08 އޮގަސްޓް 2021 10:30
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފޮޓޯކޮޕީ މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ފޮޓޯކޮޕީ މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީއަށް ބޭނުންވާ އައިޓީ އިކުއިޕްމަންޓް އަދި ޕްރިންޓަރ  ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: (IUL)142-A1/142/2021/80 (03 ޖޫން 2021) އިޢުލާނާ ގުޅިގެން ފުޓޯކޮޕީ މެޝިން ސަޕްލައިކުރުމަށް އަގު ހުށަހަޅައިފައިވަނީ އެންމެ ފަރާތަކުން ކަމަށްވެފައި ހުށަހަޅައިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ ބިޑް ބާތިލުކޮށް ފޮޓޯކޮޕީ މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ބޭފުޅުންނަށް މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 08 އޮގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ 10:30 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 10:15 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 10 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 13:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020284، 3020276، 3020286 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

05 އޮގަސްޓް 2021