ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2021/193
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 11 އޮގަސްޓް 2021 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންޓް (ސިވިލް އިންޖީނިއަރ)

ވަޒީފާގެ ފުރުސަތު (ކޮންސަލްޓަންޓް)

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއި ގުޅިގެން ހިންގާ ޕްބްލިކް ސެންޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކާއި ދާއިރާގެ ޢިމާރާތްތަކުގެ އިންޖީނިއަރިންގ ގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން، ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތައް ކުރިއަށް ގެންދިޔުމަށްޓަކައި ކޮންސަލްޓެންޓުން ބޭނުންވެއްޖެއެވެ.

މަޤާމް

މަޤާމަށް ބޭނުންވާ އަދަދު

ސިވިލް އިންޖީނިއަރ

3

 

މި މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

މަޤާމަށް އެދި ހުށަހެޅުން:

މި މަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 އޯގަސްޓް 2021 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]  އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

ސިޓީ ހުށަހަޅުއްވާނީ ތިރީގައިވާ ފަރާތަށެވެ.

ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޜަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 8 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]

04 އޮގަސްޓް 2021