ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B6/1/2021/118
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 16:06
ސުންގަޑި: 15 އޮގަސްޓް 2021 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާރުކޭޓް ތަކުން ގޮޅި ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ

.

 

މާލޭ ސިޓީކައުންސިލްގެ ނަމްބަރ (IUL)425-B6/1/2021/110 އިއުލާނަށް ޙަވާލާދީ ދަންނަވަމެވެ.

 

              އެ އިޢުލާނުގައި ބަޔާންކޮށްފައިވާ ދަތުރުވެރިންގެ މާރުކޭޓާއި،ލޯކަލްމާރުކޭޓުގެ ގޮޅި ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ފޯމް ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 02 އޮގަސްޓް 2021 ގެ 14:00 އަށް ކަމަށް ވުމާއެކު ކުރިއަށް އޮތީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުން ފޯމާއިއެކު ހުށަހަޅަންޖެހޭ ބައެއް ލިޔެކިޔުންތަށް ސަރުކާރުގެ އިދާރާތަކުން ހޯދުމުގައި ދަތިތަކެއް ހުރިކަމަށް ފެންނާތީ،މާރުކޭޓް ގޮޅިއަށް އެދި ފޯމްހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފީމެވެ.

 

              މިގޮތުން މާރުކޭޓްގޮޅި ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 17 އޯގަސްޓް 2021 ވަނަ ދުވަހުގެ 14:00 އަށް ކަމުގައި ދަންނަވަމެވެ.މި ތާރީޚާއި ގަޑީގެ ފަހުން ގެންނަ ފޯމްތައް ބަލައިނުގަނެވޭނެއެވެ.

 

              ވީމާ،މާރުކޭޓުތަކުން ގޮޅިއަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމުގެ ތާރީޚާއި ،ގަޑިއަށް ގެނެވިފައިވާ ބަދަލު އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

 

15 ޖުލައި 2021