ޢާންމު މަޢުލޫމާތު
ނަންބަރު: : GS85/IUL/2021/11
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 21:08
ސުންގަޑި: 04 އޮގަސްޓް 2021 14:00
މަދްރަސަތުއްޞަބާޙް
ދިވެހިރާއްޖެ
މަރާމާތު ކޮށްދޭނެ ފަރާތެއް ހޮދުމަށް

އިޢުލާން

2021 ވަނައަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ސްކޫލްގައި ކުރަންޖެހޭ މަރާމާތާއި ގުޅޭ

މި ސްކޫލުގެ ތިރީގައި މި ދަންނަވާ މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ.

  1. ކޮމްޕިއުޓަރ ލެބްގެ ކަރަންޓް ވައިރު ބަދަލުކުރުން
  2. ހަލާކުވެފައިވާ 3 ކުޑަދޮރު އެލްމިނިއަމް ދޮރަށް ބަދަލުކުރުން
  3. ފައުންޑޭޝަން ސްޓޭޖް ކްލާސްރޫމް އަދި ލައިބްރަރީއަށް 2 ފަންކާ އިތުރުކުރުން

ވީމާ، މި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާގޮތަށް އަމަލުކުރުމަށް ދަންނަވަމެވެ.

މިބީލަމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ވެސް ނަންނޯޓު ކުރެވޭނެއެވެ. ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 14 ޖުލައި އިން 04 އޯގަސްޓް  2021  އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށެވެ.  ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 05 އޯގަސްޓް 2021 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގައި މި ސްކޫލްގެ ކޮމްޕިއުޓަރ ލެބްގައެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށްވެސް ބީލަންހުށައެޅުމުގެ ފުރުސަތު އޮތް ވާހަކަ ދަންނަވަމެވެ.

 ބިޑް ހުށަހެޅުން އޮންނާނީ 12 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލްގެ ކޮމްޕިއުޓަރ ލެބްގައެވެ.   ބިޑް ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައި ވާނެއެވެ. 

މި އިޢުލާނާއި ގުޅިގެން އިތުރުމަޢުލޫމާތު ތިރީގައވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފިއްލަދޫ ސްކޫލް/ ހއ. ފިއްލަދޫ    / ފޯން 6500536

އީމެއިލް :  [email protected]  

14 ޖުލައި 2021