ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)239-IED/239/2021/18
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 13 ޖުލައި 2021 11:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު

ބީލަން ހުށައެޅުމުގެ ދަޢުވަތު

          

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ތ.އަތޮޅުގެ އިހްތިސާސްގައި ހިމެނޭ ރަށްރަށުގެ ތެރެއިން ބޯފެނަށް ޖެހޭ ރަށްރަށަށް، އުޅަނދުފަހަރުގައި ބޯފެން އުފުލުމާއި ބެހޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާފައިވާ "ރައްކާތެރި ގޮތުގައި އެއްތަނުން އަނެއް ތަނަށް ގަނޑުކޮށް ބޯފެން އުފުލުމާއިބެހޭ މިންގަނޑު" އާއި އެއްގޮތަށް ބޯފެން ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިއުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު 2021 ޖުލައި 13ވާ އަންގާރަ ދުވަހުގެ މެންދުރު 11:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް މެއިލްކުރެއްވުމުން ރެޖިސްޓްރީކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
  3. މިބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގް ބޭއްވޭނީ 2021 ޖުލައި 14ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  4. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2021 އޮގަސްޓް 07ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް ފޮނުއްވުން އެދެމެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ރަސްމީ ކޮންމެ ދުވަހެއްގެ 8:30ން 11:00އަށް މިއިދާރާއަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.
  5. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމާއި،އަންދާސީ ހިސާބު ހުށައަޅާ ފޯމު މިއިއުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.
  6. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  2021 އޮގަސްޓް 08ވާ އާދީއްތަ ދުވަހުގެ 11:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.

 

  1. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  2. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ، ހަވީރީ ހިނގުން،  ދިވެހިރާއްޖެ.

ފޯން:      6780700 / 9931351

އީމެއިލް:    [email protected]

         08 ޖުލައި 2021

08 ޖުލައި 2021