މަސައްކަތް
ނަންބަރު: (IUL)13-E/13/2021/192
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 09:02
ސުންގަޑި: 14 ޖުލައި 2021 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ދައުލަތުގެ އިދާރާތަކުގެ އިތުރުގަޑިއާގުޅޭ އޮޑިޓެއް ހެދުމާއި ބެހޭ

އިޢުލާން

 

ދައުލަތުގެ އިދާރާތަކުގެ އިތުރުގަޑިއާގުޅޭ އޮޑިޓެއް ހެދުމާއި ބެހޭ

ދައުލަތުގެ އިދާރާތަކުން އިތުރުގަޑީގެ ފައިސާ ދޭގޮތާއި ގުޅޭ ގޮތުން މި އިޢުލާނާއެކު ހިއްސާކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) އާއި އެއްގޮތަށް އޮޑިޓެއް ހެދުމަށް ބޭނުންވެއެވެ.

މަޢުލޫމާތު ސާފުކުރުން:

11 ޖުލައި 2021، 13:30ގެ ކުރިން އެއްވެސް ސުވާލެއް ނުވަތަ ސާފުކުރަންބޭނުންވާ މަޢުލޫމާތެއް ވާނަމަ މެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:         14 ޖުލައި 2021، 13:30 އަށް

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރުމަށްފަހު މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

26 ޛުލްގަޢިދާ 1442

6  ޖުލައި   2021

07 ޖުލައި 2021