ކުއްޔަށް ދިނުން
ނަންބަރު: (IUL)311/311/2021/33
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 12 ޖުލައި 2021 12:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީގައި އިންދާފައިހުރި ރުއްތައް ކުއްޔަށް ޙަވާލުކުރުމާއިގުޅޭ

މިރަށު ބަނދަރުމަތީގައި އިންދާފައި ހުރި  21 ރުކާއި، ދޯނި އެހެލާ ސަރަޙައްދާ ދިމާގައި އިންދާފައިހުރި 3 ރުއް 2021 ޑިސެމްބަރ 31 ގެ ނިޔަލަށް ކުއްޔަށް ޙަވާލުކުރާނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (IUL)311/311/2021/2 (04 ޖަނަވަރީ 2021) ގެ އިޢުލާނާއިގުޅިގެން ހުށަހަޅާފައި އަގު ކުޑަކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. އެހެންކަމުން 2022 ޑިސެމްބަރ 31 ގެ ނިޔަލަށް ބަނދަރުމަތީގައި އިންދާފައިހުރި ރުއްތައް ކުއްޔަށް ޙަވާލުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ބަނދަރުގައިހުރި ރުއްތައް ކުއްޔަށް ޙަވާލުކުރުމުގައި ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ މައްޗަށް ބަލައި އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅާ ފަރާތަކަށް ޙަވާލުކުރުމަށް އިސްކަން ދެވޭނެއެވެ.

ވީމާ، ބަނދަރުމަތީގަޔާއި، ދޯނި އެހެލާ ސަރަޙައްދުގައި ހުރި ރުއްތައް ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން ކުއްޔަށް ހިފަން ގަސްދުކުރައްވާ އަގު އެނގޭނޭގޮތަށް 2021 ޖުލައި 12 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާގޮތަށް ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ފޮނުއްވާ ސިޓީގައި ތިރީގައިވާ މަޢުލޫމާތު ތަފްޞީލްކޮށް ލިޔެވިފައި އޮންނަން ވާނެއެވެ. އަދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި " ރުއްތައް ކުއްޔަށް ޙަވާލުވުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ރުއްތައް

  1. ބަނދަރުގައި ހަދާފައިހުރި ބުރުތަކުގައިހުރި 21 ރުއް
  2. ދޯނިއެހެލާ ސަރަޙައްދުގައި އިންދާފައިހުރި 3 ރުއް

 

  1. 3.    ހުށަހަޅަންޖެހޭ ތަކެއްޗާއި، ދޫކުރުމުގައި ބަލާނެ ކަންކަން
  2. ރުއްގަސް ޙަވާލުވުމަށް ހުށަހަޅުއްވާ ކުލި.
  3. ރުއްތައް ސާފުކޮށް ބެލެހެއްޓުމަށް ކުރައްވާނޭ މަސައްކަތުގެ ތަފްޞީލް.
  4. ރުއްތަކުން ލިބޭ ތަކެތި ބޭނުންކުރެއްވުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރަކާއި ކުރާނޭ ފައިދާ.

ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް މާކުސް ދެވޭނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

  • ކުއްޔަށް %75
  • ރުއްތައް ސާފުކޮށް ބެލެހެއްޓުމަށް ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް
  • ރުއްތަކުން ލިބޭތަކެތި ބޭނުންކުރެއްވުމުގައި ރައްޔިތުންނަށް އިސްކަންދެއްވާނޭ މިންވަރު
05 ޖުލައި 2021