ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގާ އިމާރާތުގެ އަލިފާން ނިއްވާ ނިޒާމު އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ކުރުމާއެކު، ބޭނުންވާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސްބޯޑުގެ އިޢުލާނާއި މަޢުލޫމާތު ޝީޓުގެ ބައިން ލިބެންހުންނާނެއެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިޢުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 2021 ޖުލައި 5 ވަނަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އޮންނާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 ޖުލައި 8 ވަނަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޛުލްގައިދާ 1442
30 ޖޫން 2021