ދިވެހިރާއްޖެ
| 
 އަންދާސީ ހިސާބު ބޭނުންވެއްޖެ  | 
 ނަންބަރު: 223/1/2021/22(IUL)  | 
| 
 ތާރީޚް: 29 ޖޫން 2021  | 
މި ޓްރައިބިއުނަލްގެ އައު އޮފީހުގައި ތިރީގައި މިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- ދެވަނަ ފަންގިފިލާގައި ޕާރޓްޝަން ޖެހުމާއި ދޮރާއި ދޮރުފަތްތައް ހަރުކުރުން
 - ރިސެޕްޝަނާއި ރިސެޕްޝަންގެ ބެކްޑްރޮޕް ހެދުން
 - ހިއަރިންގ ރޫމުގެ ކޮށިގަނޑުތަކާއި، ބެންޗާއި، ބެކްޑްރޮޕް ހެދުމާއި ކާޕެޓް އެޅުން.
 
މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
| 
 
  | 
 ތަން  | 
 ތާރީޚާއި ގަޑި  | 
| 
 ބީލަން ހުށަހެޅުން  | 
 ޓެކްސް އެޕީލް ޓްރައިބިއުނަލް (ގ.މާގަހަ، 3 ވަނަ ފަންގިފިލާ)  | 
 12 ޖުލައި 2021، 10:00 ގައި  | 
މި ބީލަމާ ގުޅިގެން ޕާރޓިޝަންތަކުގެ މިންތައް ނެގުމަށާއި، ސައިޓް ވިޒިޓަށް ވަޑައިގަތުމަށް 2021 ޖުލައި 08 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ޓްރައިބިއުނަލަށް އެންގުމުން ރަސްމީ ގަޑިތަކުގައި އެ ފުރުސަތު ދެވޭނެއެވެ. އަދި މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ، 11 ޖުލައި 2021 ގެ 13:00 ގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އީމެއިލަށް މެއިލްކުރެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތްވާގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ
19 ޛުލްޤައިދާ 1442
29 ޖޫން 2021