ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-M/202/2021/11
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި: 24 ޖުލައި 2021 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަނޑުގައިދުއްވާ ލޯކަލް އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްދިނުން

އިޢުލާން

ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްދިނުން  

                  ދިވެހިރާއްޖޭގައި ކޮވިޑު-19 ފެތުރުން ކޮންޓުރޯކޮށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެ 26 މެއި 2021 ވަނަ ދުވަހުން ފެށިގެން ފުރަބަންދުގެ ޚާއްސަ ފިޔަވަޅުތައް އަޅާފައިވާތީ، 25 މެއި 2021 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު 24 ޖުލައި 2021 ގެ ނިޔަލަށް އިތުރު ކޮށްދީފީމެވެ. މި ގޮތަށް ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށް ދިންކަމުގައި ވީނަމަވެސް، އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރުމަށް ލާޒިމްކުރާ ތަކެއްޗާއި ކަންކަން ހަމަޖެއްސުމަށްފަހު އުޅަނދު ފަހަރު އޮޕަރޭޓް ކުރުމަށް އުޅަނދުފަހަރު އޮޕަރޭޓުކުރާ ފަރާތްތަކަށާއި އުޅަނދުފަހަރުގެ ވެރިންނަށާއި އަދި އުޅަނދުފަހަރު ދުއްވާ ކެޕްޓަނުން ޔަގީން ކުރުމަށްފަހު އުޅަނދުފަހަރުގެ ދަތުރަށް ފެށުމަށް އިލްތިމާސް ކުރީމެވެ.

                  އަލަށް އުޅަނދެއް ރަޖިސްޓަރީކޮށް 25 މެއި 2021 ގެ ފަހުން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް 24 ޖުލައި 2021 ގެ ކުރިން ހެދުމަށް ނުވަތަ އެ އުޅަނދަކީ އޮޕަރޭޓް ނުކުރާ އުޅަނދެއްކަން ބަޔާންކޮށް ރަށްރަށުގެ ރަށުކައުންސިލްތަކުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ލިޔުން ހޯއްދެވުމަށް ދެންނެވީމެވެ.

އަދި ދަންނަވަމަވެ. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސްގެ މުއްދަތު 25 މެއި 2021 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވެފައިވީނަމަވެސް އެ ލައިސަންސްގެ މުއްދަތު 24 ޖުލައި 2021 ގެ ނިޔަލަށް އިތުރުކޮށްދީފީމެވެ.    

   13 ޛުލްޤައިދާ 1442    

   24 ޖޫން    2021       

24 ޖޫން 2021