ދިވެހިރާއްޖެ
ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު
ކޮމްޕަންސޭޝަން އެނަލިސްޓް
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓޭރިއަޓުން ކުރިއަށް ގެންދަވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކަމާގުޅޭ ދާއިރާއިން ތަޢުލީމު ޙާސިލްކުރައްވައި އަދި ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނަށް މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ކޮމްޕަންސޭޝަން އެނަލިސްޓު ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖޫން 28 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ)އާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
ހިއުމަން ރިސޯސް ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 1617
އީމެއިލް އެޑްރެސް:[email protected]
21 ޖޫން 2021
https://www.finance.gov.mv/ministry/careers/job-opportunities