ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
މާލެ' ދިވެހިރާއްޖެ
އިޢުލާން ނަންބަރ:H/IUL/2021/78
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު
ކ.ގުރައިދޫގައި ހުރި އިމާރާތެއްގައި މި ކުންފުނީގެ ފަރާތުން މަރާމާތުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް 17 ޖޫން 2021 ވާ (ބުރާސްފަތި) ދުވަހުން ފެށިގެން 21 ޖޫން 2021 ވާ (ހޯމަ) ދުވަހުގެ 15:00 އާއި ހަމައަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ނަން ނޯޓް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކުންފުނީގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މި މަސައްކަތަށް އަންދާސީހިސާބު ހުށައެޅޭނީ ހަމައެކަނި ނަން ނޯޓް ކުރައްވާ ފަރާތްތަކަށް ކަމުގައި ދަންނަވަމަވެ. އަދި މިފަރާތްތަކަކީ މިފަދަ މަސައްކަތްކޮށް 3 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާންވާނެއެވެ.
މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލުތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:
އަގަށް: 80 ޕޮއިންޓް
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 80
މުއްދަތު: 15 ޕޮއިންޓް
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 15
ތަޖުރިބާ: 5 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
- ހުށަހަޅާ އަންދާސީހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- މިމަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އިޢުލާން ނަންބަރު: H/IUL/2021/78
ބިޑް ހުޅުވުން:
ބިޑް ހުޅުވުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި ނަންނޯޓު ކުރައްވާ ފަރާތްތަކައް އީމެއިލް މެދުވެރިކޮއް މި ކުންފުނިން އަންގާދެވޭނެއެވެ.
06 ޛުލްޤަޢިދާ 1442
ނޯޓް:
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.05 ގެ (ހ) އާއި ގުޅިގެން، ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާތިލު ކުރެވޭނެކަމެކެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
16.06.2021