ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 198-F/2021/109
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 01:19
ސުންގަޑި: 23 ޖޫން 2021 13:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ އޭސީ ހޯދުމާއި ގުޅޭ

މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ އޭސީ ގަތުމަށް ބޭނުންވާތީ، މިތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސްބޯޑުގެ އިޢުލާނާއި މަޢުލޫމާތު ޝީޓުގެ ބައިން ލިބެންހުންނާނެއެވެ.

މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް  ބޭނުންވާނަމަ، މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 17 ޖޫން 2021 ވަނަދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަންދާސީހިސާބު 23 ޖޫން 2021 ވަނަދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޝައްވާލް   1442

12 ޖޫން 2021