ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)203-ECA/1/2021/9
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:33
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ރުއްގަސް ނެގުމާއި، ކޮނެގެން ނެގުމާއި އެއްރަށުން އަނެއް ރަށަށް ގެންދިއުމާއި ބެހޭ

(IUL)203-ECA/1/2021/9: ނަންބަރު                                                       

އިޢުލާން

ރުއްގަސް ނެގުމާއި، ކޮނެގެން ނެގުމާއި އެއްރަށުން އަނެއް ރަށަށް ގެންދިއުމާއި ބެހޭ

     މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދިޔުމަށް އެކިފަރާތްތަކުން މިއެޖެންސީގައި އެދެމުންދާތީ ދަންނަވަމެވެ. "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު ‘4/93' ދަށުން އެކުލަވާލާފައިވާ "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމާއި ބެހޭ ޤަވާއިދު"ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން މިކަން ކުރެވޭނީ މިއެޖެންސީގެ ހުއްދަ ލިބިގެންނެވެ. އެހެން ނަމަވެސް ހަމައެކަނި ކައުންސިލުގެ ހުއްދައަކަށް ރިޢާޔަތްކޮށް ގަވާއިދާ ހިލާފަށް ގިނަ ފަރާތްތަކުން މިމަސައްކަތްކުރަމުން ގެންދާކަން މިއެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ރުއްގަސް ނެގޭނީ ކައުންސިލްގެ ހުއްދައިގެ އިތުރުން މިއެޖެންސީގެ ހުއްދަ ލިބިގެންކަން ރިސޯޓް ތަރައްޤީކުރާ ފަރާތްތަކުންނާއި ކޮންޓްރެކްޓަރުން އަދި ކައުންސިލްތަކުން ޔަގީންކުރުމަށް އިލްތިމާސްކުރަމެވެ. މިގޮތުން އަންނަނިވި ކަންކަމަށް ބެލުން ކޮންމެހެން މުހިންމެވެ.

  • އެމަޝްރޫޢުއަކަށް ދޫކޮށްފައިވާ އީ.އައި.އޭ ޑިސިޝަން ސްޓޭޓްމަންޓް ނުވަތަ ރުއްގަސް ގަވާއިދުގެ ދަށުން ދެވިފައިވާ ހުއްދަ
  • ދޫކުރެވިފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދެވިފައިވާ ރުއްގަހުގެ އަދަދު.
  • ރުއްގަސް ނެގުމަށް ހުއްދަ ދެވިފައިވާ ސަރަހައްދުގެ ބޮޑުމިން.
  • ރުއްގަހާއި އެކު ރަށްރަށުން ކަޅު ފަސް ބޭރުނުކުރުން.

މިއެޖެންސީގެ އިސްވެދެންނެވުނު ހުއްދަތައް މަސައްކަތްކުރާ ފަރާތްތަކުގެ އަތުގައި އަދި ރުއްގަސް އުފުލާ އުޅަނދު ފަހަރުގައި ހުންނަންޖެހޭނެއެވެ.  މިލިޔެކިޔުންތައް މިގޮތަށް ފުރިހަމަ ނުކޮށް ރުއްގަސް ކަނޑައި ނުވަތަ ނަގައި އެއްރަށުން އަނެއް ރަށަށް އުފުލާ ފަރާތްތައް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެހީގައި މިއެޖެންސީން ހުއްޓުވާ ފިޔަވަޅުއަޅާނަމެވެ. ވީމާ، މިކަން އާންމުކޮށް އަންގާ ޢިއުލާންކުރީމެވެ.

                        

                                      10 ޖޫން 2021

                                                              

10 ޖޫން 2021