ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)330-A/330/2021/17
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 24 ޖޫން 2021 11:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު ކާށިދޫގެ މަގުތަކުގައި ލައިޓްޖެހުމަށް ބޭނުންވާ ތަކެތި ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މާލެއަތޮޅު ކާށިދޫގެ މަގުތަކުގައި ލައިޓްޖެހުމަށް  ބޭނުންވާ ތަކެތި ހޯދުން

މި އިދާރާއަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.

60 ބައްތި ދަނޑި (ޑަބަލްއާމް، ހޮޓްޑިޕް ގަލްވަނައިޒްޑް)

100 ލެޑް ސްޓްރީޓް ލައިޓް، 50 ވޮޓްގެ

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރަޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، 2021 ޖޫން 13 އިން 2021 ޖޫން 15 ވަނަ ދުވަހުގެ 13:00 ގެކުރިން [email protected] އަށް މެއިލްކުރުމުން ބީލަމުގައި ރަޖިސްޓަރީވިކަމުގެ ސްލިޕް އެ ފަރާތަކަށް މެއިލްކުރެވޭނެއެވެ. މި ބީލަމަށް ރަޖިސްޓަރީކުރުމުގެ ފީއެއްގެގޮތުގައި (100) އެއްސަތޭކަރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ. ބީލަމަށް ރަޖިސްޓަރީކުރެވޭނީ ރަޖިސްޓްރޭޝަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ. ބީލަމަށް ރަޖިސްޓަރީ ކުރަން ދެވިފައިވާ ވަގުތުގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓަރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓަރީ ނަމްބަރު ލިބުމުންނެވެ.

މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯންނާނެކަމުގައި ދަންނަވަމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 ޖޫން 24 ވަނަ ދުވަހުގެ 11:00 ގައިމާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގައެވެ. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓަރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަން ހުޅުވުމަށް ދެވިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ.

ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2021 ޖޫން 15 ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހުން މަޢުލޫމާތު ސާފުކުރަންވާނެއެވެ.

މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މަޢުލޫމާތު ކަރުދާސްތައް ބިޑް ރަޖިސްޓްރޭޝަން ސްލިޕާއި އެކު މެއިލްކުރެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.

މަޢުލޫމާތު ސާފުކުރުން

ނަން: ޙުސައިން ސިޔާޙް

މަޤާމް: ސ. ޕްރޮޖެކްޓް އޮފިސަރ

އޮފީސް: މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ، ހަވީރީހިނގުން، ކ.ކާށިދޫ، ދިވެހިރާއްޖެ

ގުޅޭނެ ނަމްބަރު: 6645377، 7798119

އީމެއިލް އެޑްރެސް: [email protected]

10 ޖޫން 2021