ވަޒީފާގެ ފުރުޞަތު
ނަންބަރު: AS/IUL/2021/024
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 23 ޖޫން 2021 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޓެޓިސްޓީޝަން

އިޢުލާން ނަންބަރު: AS/IUL/2021/24

މަޤާމް: ސްޓެޓިސްޓީޝަން

ޑިޕާޓްމަންޓް/ސެކްޝަން: އިންފޮމޭޝަން ސިސްޓަމްސް

 

މަޤާމުގެ ޝަރުތު:

  1. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7  ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. ޑޭޓާބޭސް ތަކުން މައުލޫމާތު ނަގައި ތަފާސްހިސާބުތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރުމުގެ ޤާބިލްކަން ހުރުން.
  4. އިނގިރޭސިބަހާއި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
  5. ޓީމަކާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
  6. ޑޭޓާ ބޭސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި ތަފާސްހިސާބު ހެދުމުގެ ދާއިރާ އިން ޢިލްމު ލިބިފައިވާ ބޭފުޅުންނާއި، އެސް.ޕީ.އެސް.އެސް، އަދި އާރް ފަދަ ތަފާސްހިސާބު ހެދުމުގައި ބޭނުންކުރާ ސޮފްޓްވެއަރގެ ތަޖުރިބާ ހުރި ބޭފުޅުންނަށް އިސްކަން ދެވޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އާސަންދައިގެ ދަށުން ދެެމުން ގެންދާ ޚިދުމަތްތަކުން އެއްކުރެވޭ ޑޭޓާ ތަފާސްހިސާބުތަކުގައި ބޭނުންކުރެވޭނެ ގޮތަށް ފަރުމާ ކުރުން.
  2. އާސަންދައިގެ ސްކީމްގެ ޚަރަދުތައް މުޠާލިއާ ކުރުމުގައި ތަފާސްހިސާބުގެ ބޭނުން ކުރުމަށް އެހީތެރިވުން.
  3. އެކި ހާލަތްތަކަށް ބޭނުންވާ ތަފާތު ރިޕޯޓްތައް ހެދުމުގައި އެހީތެރިވުން.
  4. ޑޭޓާ ބަލައި ޕެޓަރންސް ނުވަތަ ޓްރެންޑްސް ހޯދައި ގުޅޭ ރިޕޯޓްތައް އެކުލަވާލުން.
  5. އާސަންދަ ސްކީމާއި ގުޅުންހުރި ނިންމުންތައް ނިންމުމުގައި އެހީތެރިކަންދިނުމުގެ ގޮތުން މެނޭޖްމަންޓަށް ބޭނުންވާ މަޢުލޫމާތު ޤަވައިދުން ފޯރޮކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.
  6. ކުންފުނީގެ ވެބްސައިޓްގައި ޝާއިޢުކުރެވޭ ތަފާސްހިސާބުތަކުގެ މަޢުލޫމާތު ޤަވައިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

 

މުސާރައާއި އިނާޔަތް: -/16،566 އާއި -/18،694 ރުފިޔާ އާ ދެމެދުގެ އަދަދެއް (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެ)

 

ކުރިމަތިލުމުގެ ސުންގަޑި: 23 ޖޫން 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި [email protected] އަށް މެއިލް ކޮށްދިނުން އެދެމެވެ. 

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ސީވީ.
  5. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

 

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

09 ޖޫން 2021