ދިވެހިރާއްޖެ
2021-2022 ވަނަ އަހަރު މިސްކޫލުގެ LKG،UKG އަދި ގްރޭޑް 1 ށް ދަރިވަރުން ވެއްދުމާބެހޭ
2021-2022 ވަނަ އަހަރު މިސްކޫލުގެ LKG ، UKG އަދި ގްރޭޑް 1 ށް ވަންނަން އެދޭ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ، 10 ޖޫން 2021 ން ފެށިގެން 17 ޖޫން 2021 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށް ސްކޫލް އޮފީހުގައެވެ.
އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާއި އެއްގޮތަށެވެ.
ގްރޭޑް | 
 2021 ވަނަ އަހަރު ދަރިވަރުން  | 
 އިސްތިސްނާ / އިތުރު ބަޔާން  | 
އެލް.ކޭ.ޖީ | 
 2021 ޑިސެންބަރު 31 އަށް  | 
 2021-2022 ވަނަ އަހަރު އެލް.ކޭ.ޖީއަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021 ޑިސެންބަރު 31 އަށް 5 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް ނަރސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ ހަމައަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް އެލް.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ. މީގެ އިތުރުން ނަރސަރީ ފުރިހަމަ ކޮށްފައިނުވާ، އަލަށް ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން 1 އޯގަސްޓް 2021 އަށް 4 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ ސްކޫލާއި މަޝްވަރާކުރުމަށްފަހު އެދަރިވަރަކަށް އެލް.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ.  | 
ޔޫ.ކޭ.ޖީ | 
 2021 ޑިސެންބަރު 31 އަށް  | 
 2- 2021-2022 ވަނަ އަހަރު ޔޫ.ކޭ.ޖީއަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021 ޑިސެންބަރު 31 އަށް 6 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 5 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ ހަމައަށް) 6 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް ޔޫ.ކޭ.ޖީން ފުރުޞަތު ދެވިދާނެއެވެ.  | 
ގްރޭޑް 1 | 
  2021 ޑިސެންބަރު 31 އަށް  | 
 3- 2021-2022 ވަނަ އަހަރު ގްރޭޑް 1 އަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2021 ޑިސެންބަރު 31 އަށް 7 އަހަރު ފުރޭ ދަރިވަރުންނެވެ. ނަމަވެސް ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 6 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗް 2022 އާ ހަމައަށް) 7 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް ގްރޭޑް 1 އިން ފުރުޞަތު ދެވިދާނެއެވެ.  | 
ވީމާ، މަތީގައި ދެންނެވިފައިވާ އުމުރުފުރާތަކަށް ފެތޭ ކުދިންގެ ތެރެއިން 2021-2022 ވަނަ އަހަރު މިސްކޫލުގެ LKG ، UKG އަދި ގްރޭޑް1 ށް ވައްދަން ބޭނުންވާ ދަރިވަރުންގެ އެޑްމިޝަން ފޯމް ފުރިހަމަ ކުރައްވާ، 2021 ޖޫން 17 ވަނަ ދުވަހުގެ 13:00 ގެކުރިން ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
09 ޖޫން 2021