މަސައްކަތް
ނަންބަރު: (IUL)14-PR/1/2021/39
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 27 ޖޫން 2021 13:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުގެ ޑާޓާ ސެންޓަރ ކޫލިންގ ސިސްޓަމް ބެލެހެއްޓުމާއި، ބެކަޕް ޔޫ.ޕީއެސް ސާރވިސް ވޮރެންޓީ އައުކުރުމާއި، ސްޓޯރޭޖް މެއިންޓަނަންސް މަސައްކަތް އަދި އެޗް.ޕީ ސްޓޯރޭޖް މެއިންޓަނަންސް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހުގެ ޑާޓާ ސެންޓަރ ކޫލިންގ ސިސްޓަމް ބެލެހެއްޓުމާއި، ބެކަޕް ޔޫ.ޕީއެސް ސާރވިސް ވޮރެންޓީ އައުކުރުމާއި، ސްޓޯރޭޖް މެއިންޓަނަންސް މަސައްކަތް އަދި އެޗް.ޕީ ސްޓޯރޭޖް މެއިންޓަނަންސް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 27 ޖޫން 2021 ވާ  އާދިއްތަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 7946663 / 9688869 ފޯނަށް ގުޅުއްވުން އެދެމެވެ.

07 ޖޫން 2021