ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ފަރާތުން، ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ އިންކްލޫސިވް އެޑިޔުކޭޝަން ހިންގުމަށް ބޭނުންކުރަމުންދާ މޮޑިއުލްތައް ރިވައިޒްކުރުމަށާއި، ޝާމިލުވެށި ޕްރޮޖެކްޓްގެ އެޑްވޮކަސީ ޕްލޭނެއް އެކުލަވާލައި ސާމްޕަލް މެޓީރިއަލް ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.
މަޤާމް: ކޮންސަލްޓަންޓް
ބޭނުންވާ އަދަދު: 1 (އެކެއް)
ޓަރމްސް އޮފް ރެފަރަންސް:
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.
ނޯޓް: މި މަޤާމަށް މީހަކު ކަނޑައަޅާނީ ތަޢުލީމާ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިގެންނެވެ. އަދި މި މަޤާމަށް މުސާރަ ކަނޑައެޅުމުގައި ޢަމަލުކުރާނީ ނޭޝަނަލް ޕޭ ކޮމިޝަނުން 2018 މާރިޗު 22 ވަނަ ދުވަހު އާންމުކޮށްފައިވާ ނަންބަރު 13-NPC/CIR/2018/5 ސަރިކުލަރއާ އެއްގޮތަށެވެ.
މަޤާމަށް އެދި ހުށައެޅުން:
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން2021 ޖޫން 15 ވަނަ ދުވަހުގެ 14:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ލިޔުން
- ސީ.ވީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
- ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ )ވެލިޑޭޓް ކުރެވިފައިވާ(
އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ފަރާތަށެވެ:
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
އީ-މެއިލް: [email protected]