ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 198-F/2021/102
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 13 ޖޫން 2021 11:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނަށް ބޭނުންވާ އެގްޒެކްޓިވް މޭޒާއި އެގްޒެކްޓިވް ޗެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މެޖިސްޓްރޭޓް ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނަށް ބޭނުންވާ އެގްޒެކްޓިވް މޭޒާއި އެގްޒެކްޓިވް ޗެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

 

މެޖިސްޓްރޭޓް ކޯޓު ތަކަށް ބޭނުންވާ އެގްޒެކްޓިވް މޭޒާއި އެގްޒެކްޓިވް ޗެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރެވުނު މިޑިޕާޓްމަންޓްގެ ނަންބަރު 198-F/2021/87 (08 އެޕްރީލް 2021) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާޠިލްކޮށް އެތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ތަކެތީގެ ތަފްސީލް

އަދަދު

އެގްޒެކްޓިވް މޭޒު  

17

އެގްޒެކްޓިވް ޗެއަރ  

17

 

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިއުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ. 

މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް  ބޭނުންވާނަމަ، މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 02 ޖޫން 2021 ވަނަދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަންދާސީ ހިސާބު 13 ޖޫން 2021 ވަނަދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޝައްވާލް 1442

27 މޭ     2021

27 މޭ 2021