މަސައްކަތް
ނަންބަރު: GS71-C/IUL/2021/05
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2021
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 03 ޖޫން 2021 13:00
މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ފ.މަގޫދޫ ސްކޫލަށް އަލަށް އިތުރު ކުރެވުނު ބައިގެ ވަށާފާރު ރޭނުން

GS71-C/IUL/2021/04 ނަންބަރ އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތަކުގެ ކޮންމެހެން ހިމެނެންޖެހޭ ބައެއް ލިޔުންތައް ހުށައަޅާފައިނުވުމާއި އަދި ބިޑް ސެކިއުރިޓީ ހުށައަޅާފައިނުވާތީ އަލުން މި މަސައްކަތަށް އިޢްލާނު ކުރަމެވެ.

1         ފ.މަގޫދޫ ސްކޫލަށް އަލަށް އިތުރު ކުރެވުނު ބައިގެ ވަށާފާރު ރޭނުމަށްޓަކައި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2         މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 25 މޭ 2021 ން 27 މޭ 2021 އަށްބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3         މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 މޭ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4         މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 30 މޭ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލްގެ އޮފީހުގައެވެ.

5         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 03 ޖޫން 2021 ވަނަ ދުވަހުގެ 13:00 ގައި މަގޫދޫ ސްކޫލްގެ އެވީ ރޫމްގައެވެ.

6         މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި -/5000 ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.

7         މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

8         ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މަގޫދޫ ސްކޫލް

އަމީނީމަގު، ފ.މަގޫދޫ، ދިވެހިރާއްޖެ.

ފޯން:  7952912

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: -

 

 

 

13  ސައްވާލު  1442

25    މޭ    2021

25 މޭ 2021