ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2021/112 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-63 -21) GSRF-PSM HR/2021/01 |
އިޢުލާން
ކޯޓޭޝަން ހުށަހެޅުއްވުމުގެ ދަޢުވަތު
ކޯވިޑް 19 އާއި ގުޅިގެން މިކުންފުޏަށް ދިމާވެފައިވާ ހާއްސަ ޙާލަތުގައި މިކުންފުނީގެ ރޭޑިއޯ ބިލްޑިންގ، އާއި ޓީވީ ބިލްޑިންގައި 15 ދުވަހަށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ސެކިއުރިޓީ ބެލެހެއްޓުމާއި ބެހޭ މަޢުލޫމާތު:
- ޕަބްލިކް ސާވީސް މީޑިއާގެ ޓީވީ މޯލްޑިވްސް އާއި، ދިވެހިރާއްޖޭގެ އަޑުގެ ސެކިއުރިޓީ 24 ގަޑިއިރު ބެލެހެއްޓުން އަދި ސެކިއުރިޓީ ބަލަހައްޓަންވާނީ ދަންފަޅިތަކަށް ބަހާލައިގެންނެވެ.
- ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވަނީ ޖުމްލަ 6 މީހުންނެވެ.
- ސެކެއުރިޓީގެ ކަންކަން ބަލަހައްޓަންވާނީ ޕީ އެސް އެމް އިން އަންގާ ގޮތެއްގެމަތިންނެވެ.
- ޑިއުޓީ ކުރަމުންގެންދާ ތަންތަނަށް ވަދެނުކުމެވާ އެއްގަމު އުޅަނދުފަހަރު ގެ (ސެކިއުރިޓީ ކްލިއަރެންސް ހަދައި، ވަދެ ނުކުމެވުމަށް ގޭޓް އެކްސެސް ކޮންޓްރޯލްކޮށް ބެލެހެއްޓުން.
- ސެކިއުރިޓީން ޑިއުޓީގައި ތިބޭއިރު، ތިބެންވާނީ ސާފުތާހިރު ކޮށް،( ގަމީސް ފަޓްލޫން، ބޫޓް) ސެކިއުރިޓީންކަން އެނގޭނެހެން، އެ ކުންފުނީގެ ޔުނިފޯރމެއްގައެވެ.
- ޓީވީ މޯލްޑިވްސް އާއި، ދިވެހިރާއްޖޭގެ އަޑަކީ، ދައުލަތުގެ މީޑިއާކަމަށްވެފައި، މި މުވައްސަސާގެ ބާވަތަށް ވިސްނައި މިފަދަތަންތަނަށް، ޑިއުޓިއަށް ފޮނުވާ މީހުންނަކީ، އެވަޤުތެއްގައި ދިމާވާ ކޮންމެ ޙާލަތަކަށް، ނުވަތަ ކޮންމެ ކަމަކަށް ކެރިގެން ކުރިމަތިލެވޭނެ ފެންވަރުގެ (ތަމްރީނާއި ތަޖްރިބާ ލިބިފައިވާ) މީހުންކަމުގައި ވާންޖެހޭނެއެވެ.
- މި މަޢުލޫމާތު ޝީޓްގައި ހިމެނިފައިނުވިކަމުގައިވިޔަސް، ސެކިއުރިޓީއާ ބެހޭގޮތުން ވަޤުތާ ޙާލަތަށް ރިޢާޔަތްކޮށް މެނޭޖްމަންޓްން އަމުރެއް ނެރެފިނަމަ އެ އަމުރާ އެއްގޮތަށް ސެކިއުރިޓީ ބެލެހެއްޓުމުގެ އެއްމެހައި ކަންތައްތައް ބަދަލްކުރަންޖެހޭނެއެވެ.
- ދެ އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އަމަލުކުރާނީ ކުންފުނީގެ ސެކިއުރިޓީ ޤަވައިދުގައިވާގޮތަށެވެ.
- ސެކިއުރިޓީގެ ކަންކަން ބެލެހެއްޓަންޖެހޭނީ 15 ދުވަހުގެ މުއްދަތަށެވެ.
- ކޮވިޑް 19 ގެ މި ޙާލަތުގައި ކުންފުޏަށް މި ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ ސެކިއުރިޓީ ޚިދުމަތްދޭފަރާތުގެ ޚިދުމަތަށް ބަލައި، ރަނަގަޅުކަމަށް ޕީއެސްއެމް އަށް ފެންނަ ޙާލަތުގައި އިތުރު 15 ދުވަހަށް މަސައްކަތް ޙަވާލުކުރުމުގެ އިޚްތިޔާރު ޕީއެސްއެމްއަށް ލިބިގެންވެއެވެ.
ވީމާ، މިއިޢުލާންގައި ދީފައިވާ މަޢުލޫމާތު ބެއްލެވުމަށްފަހު، މިކަމަށް ޝައުޤުވެރިވެވާ ފަރާތްތަކުން 26 މެއި 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ދީފައިވާ މެއިލްއަށް ކޯޓޭޝަން މެއިލްކުރެއްވުން އެދެމެވެ.
ކޯޓޭޝަން ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު
1 |
ކޯޓޭޝަން ހުށަހަޅާއިރު ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު: ކޯޓޭޝަން ހުށަހަޅާ މަރުޙަލާގައި، އަސާސީ މަޢުލޫމާތެއް މަދުނަމަ، އެ ކޯޓޭޝަން ބަލައިނުގަނެވޭނެއެވެ. |
1- ކޯޓޭޝަން/ އަގު: ދިވެހި ރުފިޔާއިން: (ތަފްޞީލާއެކު) ކުންފުންނި / އަމިއްލަ ފަރުދުންގެ ވިޔަފާރިނަމަ، 2- ކޮމްޕެނީ / އަމިއްލަ ފަރުދުންގެ ވިޔާފާރި ރަޖިސްޓްރީގެ ކޮޕީ: 3- ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ: 4- ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ
5- އައިޑީ ކާޑް ކޮޕީ 6- މުދާ ވިއްކުމުގެ / ޚިދުމަތްދިނުމުގެ ހުއްދަ 7- ޖީ އެސް ޓީ ސެޓްފިކެޓް ކޮޕީ 8- ޖީ އެސް ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ އެކަން އެގޭނެފަދަ ލިޔުން |
2 |
ޕޮއިންޓް ދެވޭނެގޮތް |
1- އަގަށް: 65 ޕޮއިންޓް 2- ތަޖްރިބާ 30 ޕޮއިންޓް 3- ފައިސާ ދައްކަން ހުށަހަޅާ މުއްދަތަށް: 05 ޕޮއިންޓް |
3 |
ސުންގަޑި |
26 މެއި 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިންނެވެ |
4 |
ބިޑްނުވަތަ މަސައްކަތް އެވޯޑްކުރުން |
ޕީއެސްއެމްގެ ބިޑްކޮމެޓީން ކޯޓޭޝަންތައް އިވެލުއޭޓްކޮށް ނިމުމުން އެވޯޑް ކުރެވޭ ފަރާތަށް އެވޯޑް ލެޓަރ އެއް ފޮނުވޭނެއެވެ.އަދި ނުހޮވޭ ފަރާތްތަކަށް މި މަޢުލޫމާތު ޙިއްސާކުރެވޭނެއެވެ. |
5 |
ކޯޓޭޝަން ބަލައިގަތުން: |
24 މެއި 2021