ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-PD/1/2021/48
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2021
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި: 18 މޭ 2021 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ރިސެޕްޝަން، ބޯޑް ރޫމް، ފްރޮންޓް ފަސާޑް އަދި ލޭންޑް ސްކޭޕިންގ މަސައްކަތްކުރުމަށް އިންޓީރިއަރ ޑިޒައިނަރ އެއް ހޯދުމާއި ގުޅޭ.

މި ކުންފުނީގެ ރިސެޕްޝަން، ބޯޑް ރޫމް، ފްރޮންޓް ފަސާޑް އަދި ލޭންޑް ސްކޭޕިންގ މަސައްކަތްކުރުމަށް އިންޓީރިއަރ ޑިޒައިނަރ އެއް ހޯދުމަށް ބޭނުންވެ ކުރެވުނު ނަމްބަރު  (IUL)113-PD/1/2021/40  އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅުމަށް ހާޒިރުވީ 2 ފަރާތުންކަމަށް ވާތީ، އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މައުލޫމާތު ސާފުކުރުމާއި ރަޖިސްޓަރީވުން

 18 މެއި 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 24 މެއި 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް

 މި ކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހަޅާ ގޮތަށް

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

             މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.
15 މޭ 2021