ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2021/100
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2021
ޕަބްލިޝްކުރި ގަޑި: 19:17
ސުންގަޑި: 18 މޭ 2021 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
12 މެއި 2021 އިން 18 މެއި 2021 ގެ ނިޔަލަށް ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަންވީ ގޮތް

އިޢުލާން

 

12 މެއި 2021 އިން 18 މެއި 2021 ގެ ނިޔަލަށް ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަންވީ ގޮތް

 

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 12 މެއި 2021 އިން ފެށިގެން 18 މެއި 2021 ގެ ނިޔަލަށް  ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަންވީ ގޮތް ތިރީގައި ބަޔާންކުރެވިފައިއެވަނީއެވެ.

1-  12 މެއި 2021 އިން ފެށިގެން 18 މެއި 2021 ގެ ނިޔަލަށް ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ފަތިހު 4:00 އިން ހަވީރު 4:00 ގެ ނިޔަލަށް ދެވޭނީ ހަމައެކަނި ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތެވެ.

2-  12 މެއި 2021 އިން ފެށިގެން 18 މެއި 2021 ގެ ނިޔަލަށް ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ހަވީރު 4:00 އިން މެންދަމު 12:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެއެވެ.

ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރައްވަން ވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

12 މޭ 2021