ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)292-CB/292/2021/17
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 17 މޭ 2021 11:00
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
 ނ.މިލަދޫ ކައުންސިލްގެ، ކައުންސިލަރުންގެ ހުވާ ކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިޤްރާރުވުމުގެ ދަރުބާރާބެހޭ

ނ.މިލަދޫ ކައުންސިލްގެ، 04 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުންގެ ހުވާ ކުރުމާއި، ނ.މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިޤްރާރުގައި ސޮއިކުރުމުގެ ދަރުބާރު، 17 މެއި 2021 ވާ ހޯމަ ދުވަހުގެ ހަވީރު 04:00 ގައި، ނ.މިލަދޫ ހިދާޔާ ސްކޫލްގައި އޮންނާނެއެވެ.

ކޮވިޑް-19 ގެ މި ޙާލަތުގައި މި ދެންނެވި ދަރުބާރު ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮންލައިންކޮށެވެ. ދަރުބާރުގައި ބައިވެރިވެލެއްވޭނީ އިންތިޚާބީ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ މެންބަރުންނާއި، ހިނގަމުންދާ ދައުރުގެ ކައުންސިލާއި، މި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނާއި، ހުވާލައިދެއްވައި ފަނޑިޔާރެވެ.

ކައުންސިލްގެ ފޭސްބުޕް ޕޭޖުން މިދަރުބާރުގެ އަޑާއި މަންޒަރު ވަގުތުން ދުރަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ. ކައުންސިލްގެ ފޭސްބުކް ޕޭޖުގެ ލިންކް ތިރީގައި އެވަނީއެވެ.

https://web.facebook.com/MiladhooCouncil

ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

12 މާރިޗު 2021