މަސައްކަތް
ނަންބަރު: (IUL)30/30/2021/107
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2021
ޕަބްލިޝްކުރި ގަޑި: 12:42
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

2 ވަނަ އިޢުލާން

މިމިނިސްޓްރީއަށް ބޭނުންވާ ކޮމްޕިޔުޓަރ ސިސްޓަމް، ލެޕްޓޮޕް އަދި އެލްސީޑީ މޮނިޓަރ ސަޕްލައިކޮށް ޑެލިވަރީކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30/30/2021/92 (26 އޭޕްރިލް 2021) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، ހުރިހާ ފަރާތަކަށް ކުރިމަތި ލެވޭގޮތަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339283 އަދި 3339278 ނަންބަރު ފޯނަށެވެ.

11 މޭ 2021