ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CDS1/471/2021/18
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2021
ޕަބްލިޝްކުރި ގަޑި: 00:04
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީގެ ރިސެޕްޝަން ބަންދުކޮށް ރިސެޕްޝަންގެ ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ގުޅޭ

ހެލެތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު: 34/2012 ( ކޮވިޑް 19 އިން ރައްކައުތެރިވުމަށް މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުން ) އާ ގުޅިގެން، 2021 މޭ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދު ގައިވާ ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށާއި އޮފީސްތަކުން އޮންލައިންކޮށް ދެވޭ ޚިދުމަތް ތައް އޮންލައިންކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ނަންބަރު: 7/2021 (4 މެއި 2021) ދެންނެވުމުން ވަނީ ނިންމަވާފައެވެ.  މިކަމާ ގުޅިގެން މި މިނިސްޓްރީގެ ރިސެޕްޝަން ބަންދުކޮށް ރިސެޕްޝަންގެ ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

 ވުމާއެކު ކުރިއެކޭވެސް އެއްފަދައިން، މިނިސްޓްރީއިން ވަކި ގޮތަކަށް ހުށަހެޅުމަށް އެދި ޢިއުލާން ކުރެވިފައިވާ ތަކެތި ފިޔަވައި، މިނިސްޓްރީއަށް ހުށަހަޅުއްވާ ސިޓީތަކާއި ފޯރމްތަކާއި އިތުރު ހުށަހެޅުންތައް މިނިސްޓްރީގެ އީމެއިލް ([email protected]) ނުވަތަ އީ-ގަވަމަންޓްގެ ޒަރިއްޢާއިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މީގެ އިތުރުން މިނިސްޓްރީއަށް ހުށަހަޅުއްވާ ލިޔެކިޔުންތަކާއި ހުށަހެޅުންތަކާއެކު ދެލިކޮޕީ ހުށަހަޅަންޖެހޭ ޙާލަތުގައި، ރައްކާތެރިކަމާއެކު އެތަކެތި ސިޓީ އުރައެއްގައި ބަންދުކޮށް، މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ނަމޫނާ ސްލިޕް ސިޓީއުރާގައި ތަތްކޮށް، މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މިނިސްޓްރީގެ ރިސެޕްޝަން ބޭރުގައި ބަހައްޓަވާފައިވާ "ޑޮރްޕް ބޮކްސް" އަށް އެޅުއްވުމަށް ދަންނަވަމެވެ.

ރިސެޕްޝަން ބޭރުގައި ބަހައްޓާފައި ހުރި ޑްރޮޕް ބޮކްސް އަށް ތަކެތި ހުށަހެޅޭނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު  9:00 އިން މެންދުރު 12:30 އާ ހަމައަށެވެ. އަދި މި ވަގުތު ތަކުގައި ޑްރޮޕް ބޮކްސްއަށް ލެވޭ ތަކެތި އެދުވަހެއްގެ މެންދުރު 12:30 ގައި ނެގޭނެއެވެ. މިހެންކަމުން، މެންދުރު 12:30 ގެ ފަހުން ޑްރޮޕް ބޮކްސް އަށް ތަކެތި ނުލެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ޑްރޮޕް ބޮކްސް މެދުވެރިކޮށް ތަކެތި ހުށަހަޅާ ނަމޫނާ ސްލިޕް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އަދި ޑްރޮޕް ބޮކްސް ކައިރި ހުރި ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި ޑްރޮޕް ބޮކްސް އަށް ލެވޭ ލިޔެކިޔުން ބަލައިގަތް ކަމުގެ ސްލިޕް 01 ދުވަސްތެރޭގައި މެއިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

04 މޭ 2021