ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRD/1/2021/ 43
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2021
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 12 މޭ 2021 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އިންފޮމޭޝަން ސިސްޓަމް މެނޭޖަރ
ބޭނުންވާ އަދަދު :1

މުސާރަ / އެހެނިހެން އިނާޔަތް:

15,000.00ރ –20,000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އެހެނިހެން އިނާޔަތްތައް:

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

-  ބެޗްލަރސް ޑިގްރީ އިން އިންފޮމޭޝަން ޓެކްނޮލޮޖީ / ފައިނޭންސް / މެނޭޖްމަންޓް ދާއިރާއަކުން ޑިގްރީ ޙާސިލްކޮށްފައިވުން އަދި،

- އިންފޮމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް ދާއިރާ އިސްމަޤާމެއް އަދާކޮށް 3 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ERP ސިސްޓަމް އިމްޕްލިމެންޓްކޮށް މެނޭޖް ކޮށް އެ ސިސްޓަމް އާ ގުޅުންހުރި ހުރިހާ ކަމެއް ރާވާ ހިންގުން.

-  ކުންފުނީގައި އެހެނިހެން އިންފޮމޭޝަން ސިސްޓަމް ތަކުގެ މަސައްކަތަށް އެހީތެރިވުން

-  ކުންފުނީގައި ބޭނުންކުރާ ސޮފްޓްވެއަރތަކާއި ގުޅުންހުރި ޓްރެއިނިންގްތައް ކުރިއަށް ގެންދިއުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

މަސައްކަތްކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2021 މެއި 12 ބުދަ ދުވަހުގެ 14:00ގެ ކުރިން.

އިންޓަރވިއު މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 މެއި 19 އާއި މެއި 30 އާއި  ދެމެދުގައެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

-ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

04 މޭ 2021