ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD-IUL/2021/20
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2021
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 12 މޭ 2021 13:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެޓަރނީ - ސިވިލް ސަރވިސް ކޮމިޝަން

މަޤާމު:

އެޓަރނީ

ރޭންކު:

CSC4-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ޑިވިޜަން/ސެކްޝަން:

އެމްޕްލޯއީ ރިލޭޝަންސް

ސެކްޝަނުގެ މައިގަނޑު މަސައްކަތް:

       ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ރާވާ ހިންގުމާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ސިވިލް ސަރވިސް ކޮމިޝަން ތަމްސީލު ކުރުން އަދި މީޑިއޭޓް ކުރުމަށް ކަނޑައަޅާ މައްސަލަތައް އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލައި ނިންމުން

މުސާރަ:

މަހަކު  10410 ރުފިޔާ

ސަރވިސް އެލަވަންސް:

ހާޟިރުވާ ދުވަހަކަށް -/150 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3643.50 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައަޅާފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

ބޭނުންވާ އަދަދު:

2 (ދޭއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ބާ ކައުންސިލުން އެކުލަވާލާފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދުގައިވާ ގޮތަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކޮމިޝަނުން ދައުވާކުރާ އަދި ކޮމިޝަނަށް ދައުވާ ރައްދުވާ މައްސަލަތަކުގައި ޓްރައިބިއުނަލްތަކާއި ކޯޓުތަކުގައި ކޮމިޝަން ތަމްސީލު ކުރުން.
  2. ކޮމިޝަނާއި ކޮމިޝަނުގެ އިދާރާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޤާނޫނީ ލަފަޔާއި މަޝްވަރާ ދިނުން.
  3. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް، އެކަމާގުޅޭ އެންމެހައި މަސްއޫލިއްޔަތެއް އަދާކުރުން.
  4. ކޮމިޝަނުގެ ފަރާތުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތައް އެކުލަވާލައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.
  5. ދިވެހި ސިވިލް ސަރވިސްގެ އީ-ބުކް އަޕްޑޭޓްކޮށް، ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި  މަސައްކަތްތައްކުރުން.
  6. ސިވިލް ސަރވިސް މުވައްޒަފުންނަކީ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތްތަކެއްކަމުގައި ދެމެހެއްޓުމަށްޓަކައި ތަފާތު ވަސީލަތްތައް ބޭނުންކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ހަރަކާތްތަކާއި، ކަންތައްތައް ރަވާއި ހިންގުމަށްޓަކައި އެކަމާގުޅޭ އެންމެހައި މަސައްކަތްތަކާ މަސްއޫލިއްޔާތުތައް އަދާކުރުން.
  7. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު، އަދި ޤާނޫނާއި ގަވާއިދަށް ގެންނަ އިސްލާހުތައް އިނގިރޭސިބަހަށް ތަރުޖަމާކޮށް، ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކުރުމަށްޓަކައި އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.
  8. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ހުންނަ ކަންތައްތައް އިތުރަށް ސާފުކުރުމަށް ނުވަތަ ގަވާއިދާގުޅޭ ވަކި ކަމެއްގައި އަމަލުކުރާނެ ގޮތުގެ ލަފައަކަށްއެދި އެކި ފަރާތްތަކުން ހުށައަޅާ މައްސަލަތަކަށް ހަމަޖެހިފައިވާ އުސޫލުން ޖަވާބު ދިނުން.
  9. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ވަކި ގޮތަކަށް ކަނޑައަޅާފައިވާ ކަންތައްތަކަށް އިސްތިސްނާއެއް ގެނައުމަށް ހުށައަޅާ މައްސަލަތަކަށް ހަމަޖެހިފައިވާ އުސޫލުން ޖަވާބު ދިނުން.
  10. ސިވިލް ސަރވިސްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ޚިދުމަތްތަކާއި މުވައްޒަފުންނާބެހޭ ގޮތުން ހުށައަޅާ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އެޅުން.
  11. ސިވިލް ސަރވިސްގެ މުވައްޒަފުން ހުށަހަޅާ ޝަކުވާތަކާއި ވަޒީފާއާއި ވަޒީފާގެ މަސްއޫލިއްޔަތުތަކާބެހޭ ގޮތުން އެކި ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އެޅުން.
  12. ޒިންމާދާރު ވެރިންނާއި، ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި އަދި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް ޢަމަލުކުރާކަމަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙުޤީޤުކޮށް ފިޔަވަޅުއެޅުން.
  13. ސިވިލް ސަރވިސްގެ އިދާރާތަކުގައި ދިމާވާ މައްސަލަތަކުގައި އިސްލާހީ ފިޔަވަޅު އެޅުމަށް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މީޑިއޭޝަންގެ އުސޫލުން ހައްލުކުރެވޭނެ މައްސަލަތައް ފާހަގަކޮށް އެފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން.
  14. ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން އިސްލާހީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި އެކަމާގުޅޭ އެންމެހައި މަސައްކަތްތަކާ މަސްއޫލިއްޔާތުތައް އަދާކުރުން.
  15. ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި އުފެދޭ މައްސަލަތަކުގެ ތެރެއިން އިދާރަތަކުން ހައްލުކުރުމަށް ދަތިވެގެން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް މަޝްވަރާކޮށްގެން ހައްލުކުރުން.
  16. ޙަވާލުވެފައިވާ މަސައްކަތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
  17. ސެކްޝަނުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  18. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތަތައް ކުރުން.
  19. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2021 މޭ 12 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040) ނުވަތަ ކޮމިޝަނުގެ އީމެއިލް އެޑްރެސް [email protected] އަށެވެ. އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv/dv/downloads/1215 އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6 . މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ  ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (މި ފޯމު ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

7. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ އަދި ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެ ހުއްދަތަކުގެ ކޮޕީ ހުށަހަޅަންވާނެއެވެ.)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައަޅާފައިވާ އިންސައްތަ: 30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައަޅާފައިވާ އިންސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައަޅާފައިވާ އިންސައްތަ: 55)
    • އެޕްޓިޓުއުޑް ޓެސްޓް - 10 އިންސައްތަ
    • ޕްރެކްޓިކަލްސް - 10 އިންސައްތަ
    • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - 35 އިންސައްތަ

 

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2021 މޭ 13 އާއި 2021 ޖޫން 3 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، މާލެ 20040) ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލު އާއްމުކުރުން އަދި ޝަކުވާ ހުށަހެޅުން

 

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ތަފްޞީލު ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކުރެވޭނެއެވެ. އަދި މިކަމާ ގުޅިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، މަޢުލޫމާތު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307358 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ[email protected]  އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

 

22 ރަމަޟާން 1442ހ

4 މޭ 2021މ                                   

04 މޭ 2021