ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)201-A/1/2021/19
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2021
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 18 މޭ 2021 11:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓންޓް އެއާވާދިނަސް އިންޖިނިއަރ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު:

(IUL)201-A/1/2021/19

ތާރީޚް:

4 މޭ 2021

 

މަޤާމް:

އެސިސްޓންޓް އެއާވާދިނަސް އިންޖިނިއަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއާވާދިނަސް

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ

މުސާރަ އާއި އެލަވަންސް:

24,200.75 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

  1. ޑިޕްލޮމާ އިން އިންޖިނިއަރިން އާއެކު MCAR-147 ނުވަތަ EASA Part 147 ސެޓްފިކެޓް އިން އެއާކްރާފްޓް މެއިންޓެނަންސް އިންޖިނިއަރިން ޙާޞިލުކޮށްފައިވުން

ނުވަތަ

  1. ބެޗްލަރ އޮފް އިންޖިނިއަރިން ޑިގްރީ އިން އެއެރޯނޮޓިކްސް/ އޭރޯސްޕޭސް/ މެކޭނިކަލް/ އިލެކްޓްރިކަލް/އިލެކްޓްރޯނިކްސް

ނުވަތަ

  1. މާސްޓަރ އޮފް އިންޖިނިއަރިން ޑިގްރީ އިން އެއާނޮޓިކްސް/ އޭރޯސްޕޭސް/ މެކޭނިކަލް/ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް

ނޯޓް: މި މަގާމަށް މުވައްޒަފުން ހޮވުމުގައި ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުގައި އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިހާނުގައި ދިވެހިން "ސީ" ފާސް ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވާ ފަރާތްތަކަށް 'ތަޢުލީމީ ފެންވަރު'ގެ ބައިން އިތުރަށް މާކްސް ދެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީތަކުގައިވާ ގޮތުގެ މަތީން އެސިސްޓެންޓް އެއާވާދިނަސް އިންޖިނިއަރެއްގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. ތިރީގައިވާ މަސައްކަތްތަކަށް އެހީތެރިވެދިނުން:

2.1.      ވައިގެދަތުރުފަތުރާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން އަދި އައިކާއޯގެ ސޭފްޓީ ސްޓޭންޑަރޑްސް އެންޑް ރެކޮމެންޑަޑް ޕްރެކްޓިސަސް އާއި އެއްގޮތްވާ ގޮތުގެމަތީން ދިވެހިރާއްޖޭގެ ވައިގެދަތުރުފަތުރުގެ އެއާވާދިނަސް އާއިބެހޭ ޤަވާއިދުތަކާ އުސޫލުތައް ބަލާ މުތާލިޔާކޮށް އިސްލާހުކޮށް ހަރުދަނާކުރުމާއި ވައިގެދަތުރުފަތުރުގެ ޚިދުމަތްދޭ އޮޕަރޭޓަރުންނާއެކު މަސައްކަތްކޮށްގެން ވައިގެދަތުރުފަތުރުގެ ސަލަމާތްކަން އިތުރަށް ހަރުދަނާކުރުމަށް ސީނިއަރ އެއާވާދިނަސް އިންޖިނިއަރަށް އެހީތެރިވެދިނުން

2.2.      ދިވެހިރާއްޖޭގެ ވައިގެދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓް އަދި އެހެނިހެން ސީރިއަސް ހާދިސާތައް ތަހުގީގުކޮށް މިކަންކަމުގެ އަލީގައި ވައިގެދަތުރުފަތުރުގެ ސަލާމަތްކަން އިތުރުކުރެވޭނެ ގޮތްތައް ހުށަހެޅުން

2.3.      މަތިންދާބޯޓުފަހަރު ރަޖިސްޓްރީކުރުން، ޑީރެޖިސްޓްރީކުރުން، 'ޓައިޕް ސެޓްފިކެޓް'/ސަޕްލިމެންޓަރީ ޓައިޕް ސެޓްފިކެޓް' އެކްސެޕްޓް ކުރުން

2.4.      މަތިންދާ ބޯޓުފަހަރުގެ އެއާވާދިނަސް އިންސްޕެކްޝަންތައް ހެދުމާއި އެއާވާދިނަސް ރެކޯޑްތަކާއި ޕްރޮސީޖާތައް ހުރީ ސިވިލް އޭވިއޭޝަން ގެ ގަވާއިދުތަކާއި އެއްގޮތަށްތޯ ބެލުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުން. އަދި މި ކަންތައްތަކަށް ބޭނުންވާ ސެޓްފިކެޓްތައް/ހުއްދަތައް/ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން

2.5.      ކޮންޓިނިއުއިން އެއާވާދިނަސް މެނޭޖްމަންޓް އޯގަނައިޒޭޝަންތަކާއި، އެއާކްރާފްޓް މެއިންޓަނަންސް އޯގަނައިޒޭޝަންތައް އަދި އެއާކްރާފްޓް މެއިންޓަނަންސް ޓްރެއިނިން އޯގަނައިޒޭޝަންތައް އިންސްޕެކްޓްކޮށް އެތަންތައް ހިނގަނީ ސިވިލްއޭވިއޭޝަން ގެ ގަވާއިދާތަކާއި އެއްގޮތަށް ތޯ ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅައި ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުން. އަދި މިކަންތައްތަކަށް ބޭނުންވާ ސެޓްފިކެޓްތައް/ހުއްދަތައް/ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން

2.6.      ދިވެހިރާއްޖޭގައި ވައިގެދަތުރުފަތުރުގެ ޚިދުމަތް ދިމުނަށް ރަޖިސްޓްރީކުރާ ކުންފުނިތަކަށް ހުއްދަދިނުމުގައި ބަލަންޖެހޭ ކަންތައްތައްބަލައި އަދި އެތަންތައް ހިނގަނީ ސިވިލްއޭވިއޭޝަންސް ގެ ގަވާއިދުތަކާއި އެއްގޮތައް ތޯ ބަލައި ވަގުތުން އަޅަންޖެހޭ ފިޔަވަޅު އަޅައި ސީނިއަރ އިންޖިނިއަރ/ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުން އަދި މިކަންތައްތަކަށް ބޭނުންވާ ސެޓްފިކެޓްތައް/ހުއްދަތައް/ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން

2.7.      "އެއާކްރާފްޓް މެއިންޓެނަންސް ލައިސެންސް" އެދި ހުށަހަޅާ އެޕްލިކޭޝަންތައް މުރާޖަޢާ ކުރުމާއި އެސް އޯ ޕީއާ އެއްގޮތަށް ލައިސެންސް ދޫކުރުމަށް ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ލައިސެންސް ދޫކުރުން

2.8.      އެގްޒެމްޕްޝަންއަކަށް ނުވަތަ ކޮންސެޝަންއަކަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންމުމައްޓަކައި އެހީތެރިވެދިނުން

2.9.      ދިވެހިރާއްޖޭއާ ބޭރުގެފަރާތްތަކާ ގުޅިގެން އެއާވާދިނަސްގެ ރޮގުން ހިންގާ މަޝްރޫތަކާ ޕްރޮގްރާމްތައް ވިލަރެސްކުރުމުގައި އެހީތެރިވެދިނުން

2.10.  އެއާވާދިނަސް ސެކްޝަންގެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުން

  1. "މޮޑިއުލް 10 – އޭވިއޭޝަން ލެޖިސްލޭޝަން" އިމްތިޙާނު އެސް އޯ ޕީގައި ވާ ގޮތުގެ މަތީން ކުރިއަށްގެންދިއުން

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

މަޤާމުގެ މަސައްކަތާގުޅޭ ގޮތުން ހާސިލްކޮށްފައިވާ ޕްރޮފެޝަނަލް ޓްރެއިނިންގ އާއި ތަޖްރީބާ

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

18 މޭ 2021 ވާ އަންގާރ ދުވަހުގެ 1300 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް.

ހުށަހަޅަންޖެހޭ ލިޔުން

  1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް:

  1. އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
04 މޭ 2021