ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)201-A/1/2021/17
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2021
ޕަބްލިޝްކުރި ގަޑި: 1428
ސުންގަޑި: 18 މޭ 2021 1100
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އޭރޯޑްރޯމްސް އިންސްޕެކްޓަރ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު:

(IUL)201-A/1/2021/17

ތާރީޚް:

4 މޭ 2021

 

މަޤާމް:

އޭރޯޑްރޯމްސް އިންސްޕެކްޓަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއަރ ނެވިގޭޝަން އެންޑް އެރޯޑްރޯމްސް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ

މުސާރަ އާއި އެލަވަންސް:

30,310.75 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

1. ސިވިލް އިންޖިނީއަރިންގ ނުވަތަ އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން މާސްޓަރސް ޑިގްރީ ޙާޞިލު ކޮށްފައިވުން

-  މަދުވެގެން 2 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން ނުވަތަ އެސިސްޓެންޓް އޭރޯޑްރޯމް އިންސްޕެކްޓަރެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ނުވަތަ

 

3. އެރޮޑްރޮމްސް އާއި ގުޅޭ 2 އޭރިއާއަކުން  ޓްރޭނިންގްސް ހާސިލްކޮށްފައިވުން(އެއާޕޯރޓް އިމާޖެންސީ ޕްލޭނިންގް، ރެސްކިއު އެންޑް ފަޔަރ ފައިޓިންގް، އެއާޕޯޓް ޕޭވްމަންޓް މެއިންޓަންސް، އެއާފީލްޑް ގްރައުންޑް އެއިޑްސް، އެރޮޑްރޯމް ސާރޓިފިކޭޝަން)

-  މަދުވެގެން 7 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން ނުވަތަ އެސިސްޓެންޓް އޭރޯޑްރޯމް އިންސްޕެކްޓަރެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ނޯޓް: މި މަގާމަށް މުވައްޒަފުން ހޮވުމުގައި ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުގައި އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިހާނުގައި ދިވެހިން "ސީ" ފާސް ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވާ ފަރާތްތަކަށް 'ތަޢުލީމީ ފެންވަރު'ގެ ބައިން އިތުރަށް މާކްސް ދެވޭނެއެވެ.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 1. ICAO އެނެކްސް 14 ގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ރާއްޖޭގެ ވައިގެ ބަނދަރުތައް ސެޓިފައިކޮށް ސްޓޭންޑަރޑްސް ބެލެހެއްޓުމަށް ކުރެވޭ މަސައްކަތުގައި ސީނިއަރ އޭރޯޑްރޯމްސް އޮފިސަަރަށް އެހީތެރިވުން
 2. ވައިގެ ބަނދަރުތަކުގެ ޚިދުމަތްތައް ސިވިލް އޭވިއޭޝަން ރެގިއުލޭޝަންސްގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ހުރިތޯބަލާ ޗެކްކުރުން
 3. ވައިގެ ބަނދަރުތައް އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ކަޑައެޅިފައިވާ ގޮތަށް ޤަވާއިދުން ކުރުމުގައި ސީނިއަރ އޭރޯޑްރޯމްސް އޮފިސަރަށް އެހީތެރިވުން
 4. ވައިގެ ބަނދަރުތައް އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ހެދުމަށްފަހު ރިޕޯރޓްތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެފަރާތްތަކާއި ހަވާލުކުރުން
 5. އޮޑިޓް/އިންސްޕެކްޝަންސްގެ ފޮލޯއަޕް ކަޑައެޅިފައިވަ ތާރީޚްތަކަށް ހެދުން
 6. ފްލޯޓިންގ ޕްލެޓްފޯމް ތަކަށް ލައިސަންސް ދޫކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް އެތަންތަނުގެ ސަލާމަތީ ފެންވަރު ބެލެހެއްޓުމުގެ ގޮތުން އިންސްޕެކްޓް ކުރުން.
 7. ވައިގެ ބަނދަރުތައް ހިންގާ ފަރާތްތަކުން ޢަމަލުކުރާ 'ސޭފްޓީ މެނޭޖްމަންޓް ސިސްޓަމްސް' ދިރާސާކޮށް ބެލެހެއްޓުމުގައި . ސީނިއަރ އޭރޯޑްރޯމްސް އޮފިސަރަށް އެހީތެރިވުން
 8. ވައިގެ ބަދަރުތަކުގައި ދިމާވާ ހާދިސާތައް ބަލާ ތަހްގިގް ކުރުމުގައި އެހިީތެރިވުން
 9. ޤަވާއިދުތަކާ 'ވަގުތީގޮތުން' އެއްކިބާވުމައްޓަކާ (އެގްޒެމްޕްޝަން ކޮންސެޝަން ފަދަ) އެދި ހުށަހަޅާހުށަހެޅުންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންްމުން  އަދި އެރޮޑްރޯމްސް މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުމުގައި އެހީތެރިވުން
 10. އަދި މިނޫން ވެސް އެރޮޑްރޯމްސް އާއި ގުޅޭދާއިރާއިން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

މަޤާމުގެ މަސައްކަތާގުޅޭ ގޮތުން ހާސިލްކޮށްފައިވާ ޕްރޮފެޝަނަލް ޓްރެއިނިންގ އާއި ތަޖްރީބާ

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

18 މޭ 2021 ވާ އަންްގާރަ ދުވަހުގެ 1300 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް.

ހުށަހަޅަންޖެހޭ ލިޔުން

 1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
 2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
 3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް:

 1. އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
 2. ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
2021-05-04