ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)0101-AS/1/2021/97
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 20 މޭ 2021 01:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
"ރިޑަންޑެންސީ" ގެ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހޯދުން

އިޢުލާން

"ރިޑަންޑެންސީ" ގެ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހޯދުން

މި މިނިސްޓްރީގެ ނަންބަރ (IUL)101-AS/1/2021/58 : އިއުލާން، "ރިޑަންޑެންސީ" ގެ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ކުރެވުނު އިއުލާނާ ގުޅިގެން، މި މިނިސްޓްރީއަށް މައުލޫމާތު ހުށައަޅާފައިވަނީ ވަރަށް މަދު ފަރާތަކުންކަން ފާހަގަ ކުރަމެވެ. ރިޒޯޓްތަކުގެ ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންގެ މަޢުލޫމާތު ހޯދުމަށް ކުރެވުނު މަސައްކަތުން، މިހާތަނަށް، 33 ރިޒޯޓަކުން މުވައްޒަފުންނާބެހޭ މައުލޫމާތު ފޯރުކޮށްދީފައި ނުވާކަން ފާހަގަ ކުރަމެވެ.

 

ވީމާ، ރިޑަންޑެންސީގެ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމުގެ މުއްދަތު، 20 މެއިގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

ވަޒީފާއިން ރިޑަންޑެންޓް ކުރެވިފައިވާ ފަރާތްތަކުން، 20 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ސިޓީއަކުން އެކަން އަންގަވައިދެއްވުން އެދެމެވެ. ނުވަތަ، މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް، އީމެއިލް ކޮށްދެއްވުން އެދެމެވެ.

04 މޭ 2021