ވަޒީފާގެ ފުރުޞަތު
ނަންބަރު: FNK/A/IUL/2021/147
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2021
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 10 މޭ 2021 12:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޓެކްނީޝަން (ހދ.ފިނޭ ބްރާންޗް)

ނަންބަރު:FNK/A/IUL/2021/147   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ހދ.ފިނޭ ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

ޓެކްނީޝަން

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޓެކްނިކަލް މެއިންޓެނެންސް އެންޑް ޕަވަރ ޕްލާންޓް ޑިއުޓީ

ޑިޕާޓްމަންޓް:

ހދ.ފިނޭ ބްރާންޗް

މަސައްކަތް ކުރާތަން:

3000ރ. (ތިންހާސް ރުފިޔާ)

މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ހާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤަބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ހދ.ފިނޭ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 09:00 - 12:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ހޯމަ 2021 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

22 ރަމަޟާން 1442

04 މެއި 2021

04 މޭ 2021