ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)179-3.2/1/2021/13
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2021
ޕަބްލިޝްކުރި ގަޑި: 1324
ސުންގަޑި: 15 މޭ 2021 0000
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކޮވިޑް-19އާ ގުޅިގެން ސެކިއުރިޓީޒް މާރކެޓުގެ އިންތިޒާމުތަކާގުޅޭ

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، 5 މޭ އިން 15 މޭގެ ނިޔަލަށް ސެކިއުރިޓީޒްއާގުޅޭ ޚިދުމަތްތައް ރަސްމީ ދުވަސްތަކުގައި އޮންލައިންކޮށް މި އޮތޯރިޓީން ލިބޭނެ ވާހަކަ ދަންނަވަމެވެ. އަދި ބޭންކުތައް ހުޅުވިފަ ހުންނަ ދުވަސްތަކުގައި ސެކިއުރިޓީޒް ގަނެވިއްކުމުގެ ޚިދުމަތައް ތިރީގައިވާ ކުންފުނިތަކުންވެސް އޮންލައިން ވަޞީލަތްތައް މެދުވެރިކޮށް ލިބޭނެ ވާހަކަ ދަންނަވަމެވެ.

  • މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • އާރިޔާ ސެކިއުރިޓީޒް ޕްރައިވެޓް ލިމިޓެޑް (ޑީލިންގ ކުންފުނި)
  • ސްޓޮކް ބްރޯކަރސް ޕްރައިވެޓް ލިމިޓެޑް (ޑީލިންގ ކުންފުނި)

ޖެމްސް(GEMS) ބޭނުންކުރާ ފަރާތްތަކުން މިއޮތޯރިޓީއަށް ޖެމްސް މެދުވެރިކޮށް ލިޔެކިޔުންތައް ފޮނުވުމަށާއި އަދި ޢާންމު ފަރާތްތަކުން އޮފީހަށް ފޮނުވާ ސިޓީ އާއި އެހެނިހެން ލިޔެކިޔުންތައް ބަލައިގަންނާނީ [email protected] މެއިލް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.

22 ރަމަޟާން 1441

 04 މެއި    2020

2021-05-04