1- ކްލައިންޓުންގެ އެޑްމިޝަން ހެދުން، ފައިލް ތައްޔާރުކޮށް ފަރުވާ ނަގަމުންދާ ކުލައިންޓުން ރަޖިސްޓްރީ، ހާޟިރީ، ރިކޯޑް ބަލެހެއްޓުން.
2-ފަރުވާއަށް ލިސްޓް ކުރެވިފައިވާ ފަރާތްތަކާއި އަދި ފަރުވާނަގަމުންދާ ފަރާތްތަކުގެ ފަރުވާއާއި ގުޅިގެން ޑްރަގް ކޯޓަށް ފޮނުވަންޖެހޭ ފޯރމް، ރިޕޯޓް އަދި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، އަމިއްލަ ފަރާތްތަކުން ހުށަހަ ޅައި ސިޓީތަކާ، ފޯރމްތަކަށް ސްޕަރވައިޒަރުގެ ލަފާގެ މަތިން ޖަވާބު ދިނުން.
3- ކޮންމެ ދުވަހެއްގެ ސްޓެޓިސްޓިކްސް ތައްޔާރުކުރުމާއި އަދި ކޮންމެ މަހެއްގެ ސްޓެޓިސްޓިކްސް ނެޝަނަލް ޑްރަގް އޭޖެންސީއަށް ފޮނުވުން.
4- ފަރުވާގައި އުޅޭ ކްލައިންޓުންގެ ކްލާސް ހާޟިރީ ނެގުމާއި އަޕްޑޭޓްކޮށް ސްކޭންކޮށް ފޯލްޑަރއަށްލައި ފައިލްކުރުން.
5- މުރާޖަޢާ ކޮމެޓީއަށް ހުށަހަޅާ ކްލައިންޓުންގެ ހާޟިރީ ރިޕޯޓް ތައްޔާރުކުމާއި މުރާޖާއާ ކޮމެޓީއަށް ހުށަހެޅުން.
6- ސަރުކާރުގެ އެކިއެކި މުޢައްސަސާތަކުން ސެންޓަރަށް ފޮނުވާ ސިޓީތަކަށް ސްޕަރވައިޒަރުގެ ލަފާގެ މަތިން ޖަވާބު ދިނުން.
7- ފަރުވާގައި އުޅޭ ކްލައިންޓުންގެ ހާޟިރީ ނެގުމާއި ، ޔޫރިންގ ރިކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ފަރުވާގައި އުޅޭ ކްލައިންޓުންގެ ސޮއިކުރަމުންދާ ހާޟިރީ މަދުވެގެން ކޮންމެ ހަފްތާއެކު އެއްފަހަރު އަޕްޑޭޓްކޮށް ބެލެހެއްޓުން.
8- ކްލައިޓުންނަށް ތައްޔާރުކުރަންޖެހޭ އެންގުންތަކާއި ނަސޭހަތްފަދަ ލިޔުންތައް ތައްޔާރުކުރުމާއި ކްލައިޓުންނާއި ހަވާލުކުރުން،އަދި ސޮއި ކުރަންޖެހޭ ލިޔުންތަކުގައި ސޮއިކުރުވުން.
9- ޑޮކްޓަރާއި ބަލިމީހާއާ ދެމެދު ކުރެވޭ މުޢާމަލާތް ދެފަރާތައް އޮޅުން ނާރާނެފަދަ ސާފު ގޮތަކަށް ވަގުތުން ތަރުޖަމާކޮށް ދިނުމާއި، ޑޮކްޓަރުގެ ބޭނުމަށް ބަލިމީހާކުރަންޖެހޭ ޙަރަކާތްތައް ކުރެންޖެހޭގޮތް ރަނގަޅަށް ސާފުކޮށް ކިޔައިދިނުމާއި ޕްރޮސީޖަރތައް ހެދުމުގައި ޑޮކްޓަރު ބޭނުން ވެއްޖެ ހިނދެއްގައި އެހީތެރިކަށް ފޯރުކޮށް ދިނުން.
10- ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރު ތަރުތީބުން ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީތެރިވެދީ ފަރުވާދެއްވާ ބަލިމީހުންގެ ތަފްޞީލް ޕޭޝަންޓް ރިކޯރޑްތަކުގައި ޑޮކްޓަރުގެ އިރުޝާދުތަކާ އެއްގޮތަށް ވަގުތުން ލިޔުން.
11- މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.
|