ދިވެހިރާއްޖެ
| 
 އަންދާސީ ހިސާބު ބޭނުންވެއްޖެ  | 
 ނަންބަރު: 223/1/2021/12(IUL)  | 
| 
 ތާރީޚް: 29 އެޕްރީލު 2021  | 
މިޓްރައިބިއުނަލުގެ އައު އޮފީހުގައި ޕަރޓްޝަންޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މި ޓްރައިބިއުނަލުގެ އައު އޮފީސް ޢިމާރާތް (ގ.މާގަހާ ތިންވަނަ ފަންގިފިލާ)ގައި ތިރީގައި މިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- ޕާރޓްޝަން ޖެހުން
 - ދޮރާއި ދޮރުފަތްތައް ހަރުކުރުން
 
މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
| 
 
  | 
 ތަން  | 
 ތާރީޚާއި ގަޑި  | 
| 
 މަޢުލޫމާތު ސާފުކޮށް ދިނުން  | 
 ގ.މާގަހަ، 3 ވަނަ ފަންގިފިލާ  | 
 03 މެއި 2021، 13:30 ގައި  | 
| 
 ބީލަން ހުށަހެޅުން  | 
 ޓެކްސް އެޕީލް ޓްރައިބިއުނަލް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ)  | 
 10 މެއި 2021، 10:00 ގައި  | 
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި ކުރެހުން މަޢުލޫމާތު ސާފުކޮށްދެވޭ ދުވަހު ފޯރުކޮށްދެވޭނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
މި ބީލަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ، 06 މެއި 2021 ގެ 13:00 ގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އީމެއިލްއަށް މެއިލްކުރެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތްވާގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ
17 ރަމަޟާން 1442
29 އެޕްރީލު 2021