ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2021/68
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 1309
ސުންގަޑި: 06 މޭ 2021 1200
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (މިނިމަމް)

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު 

ޑިޕާޓްމަންޓް / ސެކްޝަން:

އެޑްމިނިސްޓްރޭޓިވް ސެކްޝަން

ގްރޭޑް:

2

ސްޕައިން ޕޮއިންޓް:

10

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް ފެށޭ ދުވަހުން ފެށިގެން 11 އޮކްޓޯބަރ 2021 ގެ ނިޔަލަށް.

މުސާރަ:

މަހަކު 4,668.61ރ

ސަރވިސް އެލަވަންސް:

މަހަކު 2,000.83 ރ

ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 1. ގްރޭޑް 12 ނިންމާފައިވުން. ނުވަތަ،
 2. 10 ނިންމާފައި މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ  ހޯދާފައިވުން. ނުވަތަ،
 3. މަސައްކަތުގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 1 ނުވަތަ 2 ގެ ސަނަދެއް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 • އިދާރީ މަރުކަޒުގެ ޕީ.ޢޭ.ބީ.އެކްސް އަށް އަންނަ ފޯނުތަކަށް ޖަވާބުދީ އަދި ފޯނުކުރާ ފަރާތްތަކުން ކުރާ ސުވާލުތަކަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން.
 • އިދާރީ މަރުކަޒަށް ލިބޭ ތަކެތި ބަލައިގަނެ އެތަކެތި އެންޓްރީކޮށް ކަމާބެހޭ ސެކްޝަންތަކަށް ލަސްވެގެން އެއްދުވަސް ތެރޭގައި ޙަވާލުކުރުން.
 • އަވަސް ސިޓީ/ޗިޓް އަދި ބިލް ފަދަ ތަކެތި ލިބުމުން އެކަން ކަމާބެހޭ ސެކްޝަނަށް ލަސްނުކޮށް އެންގުން.
 • ޑިސްޕެޗް ކަންކަން ކުރުން.
 • ބޭރުން މަރުކަޒީ އިދާރާއަށް ވަޑައިގަންނަވާ ބޭފުޅުން ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތު/ ބައްއްދަލު ކުރައްވަން ބޭނުންވާ ފަރާތެއް ކަމާބެހޭ ބޭފުޅަކާ ގުޅިގެން ހަމަޖެއްސުން.
 • ސަލާމް ބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގާ ގޮތުގެ މަތިން ކުރުން.

މުވައްޒަފުން މަދުވާ ހާލަތްތަކުގައި

 • ދުވަހުން ދުވަހަށް ސްޓޮކް ބާކީކޮށް ސްޓޮކަށް ވައްދާ ތަކެތި ސްޓޮކް ފޮތުގައި ނޯޓް ކުރުން.
 • ހަމަޖެހިފައިވާ ގަޑިތަކުގައި ސްޓޮކުން ތަކެތި ދޫކުރުން.
 • ސްޓޮކަށް ތަކެތި ހޯދުމަށް އެދޭ ފޯމް (ކަމާބެހޭ ވެރިއެއްގެ މަޝްވަރާގެ މަތިން) ފުރިހަމަކޮށް ކަމާބެހޭ ސެކްޝަނާ ޙާވާލުކުރުން.
 • ތަކެތި އޯޑަރ ކުރުމަށް ހަމަޖެހިފައިވާ ލެވެލް އަށް ތަކެތީގެ އަދަދު ތިރިވުމުން އެތަކެތި ހޯދުމަށް (ކަމާބެހޭ ވެރިއެއްގެ މަޝްވަރާގެ މަތިން) ޕްރޮކިއުމަންޓް ސެކްޝަންގައި އެދުން.
 • ސްޓޮކަށް ތަކެތި ޙަވާލުކުރާ މުވައްޒަފުން ލައްވާ އެތަކެތި އެމުވައްޒަފާ ޙަވާލުކުރިކަމަށް ސޮއި ކުރުވުން.
 • ސެކްޝަނަށް ލިބޭ ލިޔުންތަކާއި ޙަވާލުވެ، އެކަމާބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާ މައްސަލަ ނިމުމުން ކަމާ ބެހޭ ލިޔުންތައް ފައިލް ކުރުން.
 •  އިންވެންޓްރީ ބެލެހެއްޓުން (އިންވެންޓްރީ އަށް ތަކެތި ވައްދާ އެތަކެތި ވައްދާ އެތަކެތީގައި ނަމްބަރު ޖެހުން).

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2021 މޭ 06 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމު ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

http://bit.do/MNUJobs-2021-CA-68

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf

 • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
 • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
 • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
 • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

 • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
 • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
 • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
 • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

 • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
2021-04-29