މަސައްކަތް
ނަންބަރު: (IUL)MMPRC-PRO/1/2021/20
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 05 މޭ 2021 12:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                                      ނަންބަރު :IUL)MMPRC-PRO/1/2021/20)

އިޢުލާން

މި ކޯޕަރޭޝަންގެ ފަރާތުން ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށްޓަކައި "ލައިވް އެކްސްޕީރިއަންސް" ނަމުގައި އޮންލައިން އިވެންޓް އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި އޮންލައިން އިވެންޓް ރާވައި ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ،  މި މަސައްކަތްކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 މެއި 5 ވާ ބުދަ ދުވަހުގެ މެންދުރު 12:30 އަށް މި ކޯޕަރޭޝަނަށް (ހ.ޒޮނާރިއާ، 2 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 މެއި 17 ވާ ހޯމަ  ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 2021 މެއި 11 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އެޑްރެސް އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

އީމެއިން އެޑްރެސް: [email protected] copy to [email protected]

ނަން: ފާތިމަތު ރަހީލް

މަޤާމް: ޑިރެކްޓަރ

                      17 ރަމަޟާން 1442

                      29 އޭޕްރިލް 2021

 

29 އޭޕްރިލް 2021