ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)14-PR/1/2021/33
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 11 މޭ 2021 11:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ސެކިއުރިޓީ ސްޓިކަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ.

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހަށް ބޭނުންވާ ސެކިއުރިޓީ ސްޓިކަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 11 މެއި 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް ކަސްޓަމްސް ހެޑް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް މިއޮފީހުގެ އީމެއިލްއަށް ([email protected]) 05 މެއި 2021  ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރި ވެވޭނީ، ކަނޑައެޅިފައިވާ މުއްދަތުގައި އީމެއިލް ފޮނުވާ ފަރާތްތަކަށް ނުވަތަ މަޢުލޫމާތު ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.  ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުން އޮންނާނީ 05 މެއި 2021  ވާ ބުދަ ދުވަހުގެ 11:00ގައި ކަސްޓަމްސް ހެޑްއޮފީހުގައެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334172  ފޯނަށް ގުޅުއްވުން އެދެމެވެ.

27 އޭޕްރިލް 2021