ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-D/1/2013/50
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2013
ޕަބްލިޝްކުރި ގަޑި: 0836
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްތިހާރުކުރުމާބެހޭ

މިހާރަކަށްއައިސް އެކިބާވަތުގެ އިސްތިހާރުކުރެއްވުމަށް މަގުމައްޗާއި މަގުމަތީފާރު، އެއްގަމުތޮށިގަޑު އަދި ބޮކިދަނޑިއާއި މަގުމަތީގައި އިންދާފައިވާ ގަސްފަދަ ތަކެތި ބޭނުންކުރުން ވަނީ އާންމުވެފައެވެ. މީގެއިތުރުން އެކިބާވަތުގެ އިސްތިހާރު މަގަށް އެޅުމާއި ސައިކަލްގެ ވަށިގަނޑަށްލުން އަދި މަގު ހުރަހަށް ފޮއްޗާއި ދިދަފަތި ދެމުންވެސް ދަނީ އާންމުވަމުންނެވެ. މިކަންކަމަކީ އެކަންކަމުގެ ސަބަބުން ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް ދަތިވުމުގެ އިތުރުން ރަށުތެރެ ހަޑިވުމަށް މަގުފަހިކޮށްދޭ ކަންކަމެވެ.

އެއްވެސް ބާވަތެއްގެ އިސްތިހާރެއް ހަރުކުރެވޭނީ މިއިދާރާއަށް އެއިސްތިހާރެއްގައި ހިމެނޭ މަޢުލޫމާތު ހުށަހަޅުއްވައި ފާސްކުރައްވައިގެންކަން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ވަނީ އަންގަވާފައެވެ.

ވީމާ، މީގެފަހުން މިއިދާރާގެ ހުއްދަނެތި އިސްތިހާރު ހަރުކުރެއްވުމުގައި މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރައްވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެކަން އަންގަމެވެ. އަދި މިއިދާރާގެ ހުއްދަނެތި މަގު ހުރަހަށް ދަމާފޮތި، ދިދަފަދަ ތަކެއްޗާއި، ގަސްގަހަށާއި، ބައްތިދަނޑިއަށް ހަރުކުރާ އިސްތިހާރުތަކާއި، އެއްގަމުތޮށިގަނޑުގައާއި އާންމު ޚިދުމަތް ދިނުމަށް މަގުތަކުގައި ބަހައްޓާފައިވާ ފޮށިތަކުގައި ތަތްކުރާ އިސްތިހާރުތައް ނަގަމުންދާނެކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

2013-04-02