ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2021/88 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-45-21) PSM-ENG-BT /2021/01 |
އިޢުލާން
- ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުންނީގެ ޕްރޮގްރާމްތަކަށް އެޑިޓިންގ ކުރުމަށް ބޭނުންވާ 2 “iMac System” ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2021/72 ނަންބަރު އިޢުލާނާގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ 2 ވަނަ ފަހަރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މިތަކެތި ސަޕްލައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
10 ރަމަޟާން 1442
22 އޭޕްރިލް 2021