މަސައްކަތް
ނަންބަރު: (IUL) PSM-FP/ PSM/2021/78
ޕަބްލިޝްކުރި ތާރީޚް: 15 އެޕްރީލް 2021
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 21 އެޕްރީލް 2021 13:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕީއެސްއެމްގައި ބޭނުންކުރާ “Firewall License (Fortigate 500D)” ގެ މުއްދަތު އިތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/78

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-37-21) BT /2021/17

 

 

 

އިޢުލާން

  • ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

          ޕީއެސްއެމްގައި ބޭނުންކުރާ “Firewall License (Fortigate 500D)” ގެ މުއްދަތު އިތުރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2021/61 ނަންބަރު އިޢުލާނާގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ 2 ވަނަ ފަހަރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

            ވީމާ، މިކަންކޮށްދިނުމަށް ޝައުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 21 އޭޕްރިލް 2021 ވާ ބުދަ ދުވަހުގެ 13:00 އަށް ޕީއެސްއެމްގެ ހެޑްއޮފީސް (މ.ރޭޑިއޯ ބިލްޑިންގ) އަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 18 އޭޕްރީލް 2021 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. މިބީލާމާއި ގުޅިގެން ލިބޭ ސުވާލުތަކަށް 20 އޭޕްރިލް 2021 ވަނަ ދުވަހުގެ 14:00 ގެކުރިން ޖަވާބު ފޮނުވޭނެއެވެ.

 

 

އިތުރު މަޢުލޫމާތު

ޕްރޮޑަކްޓް މޮޑެލް: FortiGate 500D

ސީރިއަލް ނަންބަރު: FGT5HD3915805541

 

ބިޑް ޕްރޮޕޯސްލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު

1

1.1

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު:

 

ބިޑް ހުށަހަޅާ މަރުޙަލާގައި ،

އަސާސީ މަޢުލޫމާތެއް މަދުނަމަ، އެޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

  • ކުންފުނި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި އަމިއްލަ ފަރުދުން،

1- މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު: ދިވެހި ރުފިޔާއިން (ތަފްޞީލާއެކު)

2- މުއްދަތު: (މަސައްކަތް ނިންމާނެ މުއްދަތު ނުވަތަ ޑެލިވަރީގެ މުއްދަތު)

3- ބިޑްގެއަގު 500,000.00ރ. (ފަސްލައްކަ ރުފިޔާއިންމަތިން އަގުހުށަޅާނަމަ) 10,000.00ރ. ރުފިޔާގެ ބޭންކް ގެރެންޓީ  (ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ.)

  • ކުންފުންޏެއްނަމަ،

4- ކޮމްޕެނީ ރަޖިސްޓްރީގެ ކޮޕީ

5- ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ

6- ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ

 

  • އަމިއްލަ ފަރުދުންގެ ވިޔަފާރި،

7-  ވިޔަފާރި ރަޖިސްޓްރީ / ތަކެތި ވިއްކުމުގެ ހުއްދައިގެ ކޮޕީ

8-   ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ

9-   ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ

  • އަމިއްލަފަރުދުން،

10-  މުދާ / ހިދުމަތް ދިނުމުގެ ހުއްދަ

11-  އައިޑީ ކާޑް ކޮޕީ

12-  ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ

13-  ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ އެކަން އެނގޭނެފަދަ ލިޔުމެއް

 

1.2

ހުށަހަޅުއްވާ ބިޑްގެ އަގު 1 މިލިއަނަށްވުރެ މަތިވާނަމަ ، ބިޑް އިވެލުއޭޓްކޮށް، އެވޯޑްކޮށް އެފަރާތަށް އެންގުމުން ޕާރފޮރމަންސް ސެކިއުރިޓީ ހުށަހަޅަންވާނެއެވެ.

  • ބިޑްއެވޯޑްވެއްޖެނަމަ،

1-  1,000.000.00 (އެއްމިލިޔަން) ރުފިޔާއަށްވުރެ މަތިނަމަ، ހުށަހަޅާއަގުގެ ދިހަ ޕަސެންޓްއަށް ވާވަރު ބިޑް ކާމިޔާބުކުރާފަރާތުން ޕާރފޯމަންސް ސެކިއުރިޓީއެއް ، އެގްރީމެންޓްގައި ސޮއިކުރުމުގެކުރިން ހުށަހަޅަންވާނެއެވެ. (ޕާރފޮމެންސް ސެކިއުރިޓީގެ މުއްދަތަކީ ޕާރޕޮމެންސް ސެކިއުރިޓީ ހުށަހަޅާ ތާރީޚުން ފެށިގެން 120 ދުވަހެވެ.)                                                

2

 

އަގު/ އަންދާސީ ހިސާބު

  •  އަގު / އަންދާސީ ހިސާބު ، ހުށަހަޅާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތައް

1-  އަގުހުށަހަޅަންވާނީ މަޢުލޫމާތު ކަރުދާހުގައިވާ ކަންކަން ބަޔާންކުރާ އުޞޫލުންނެވެ. (ހުށަހަޅާ އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ކަންކަން ފުރިހަމަކޮށް، ހުށަހަޅަންވާނެއެވެ.)

2-  އަގު ހުށަހަޅަންވާނީ ދިވެހިރުފިޔާއިންނެވެ.  

3-  ޖީ އެސް ޓީ ވަކިން އެނގެން އޮންނަންވާނެއެވެ.

4-  ޕްރޮޕޯސަލް ގެ ވެލިޑިޓީ މުއްދަތު: (ބިޑްހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތު)

 

 

 

ޕްރޮޕޯސަލް ބަޠިލްވާނެ ޙާލަތްތައް

  • އަސާސީ މަޢުލޫމާތުގެ ގޮތުގައި ހުށަހަޅާންޖެހޭ މަޢުލޫމާތެއް ފުރިހަމަނުވުން.
  • ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވުން.

3

 

ޕޮއިންޓް ދިނުން

  • މި ކަމަށް ހުށަހަޅާ ޕްރޮޕޯސަލްތަކަށް ޕޮއިންޓު ދޭނީ އަންނަނިވި އުސޫލުންނެވެ
  1. އަގު:.                   70 ޕޮއިންޓް
  2. ޑެލިވަރީ މުއްދަތު:            20 ޕޮއިންޓް
  3. ކަމާގުޅުން ހުރި ތަޖުރިބާ:       05 ޕޮއިންޓް
  4. ފައިސާ ދެއްކުމަށް ދެވޭ މުއްދަތު:  05 ޕޮއިންޓް

4

 

އިވެލުއޭޓްކުރެވޭނެގޮތް:

  • މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ތައް މިކުންފުނީގެ އިވެލުއޭޝަން ކޮމެޓީއަށް ފޮނުވައި އިވެލުއޭޓްކޮށް ، އެންމެ އެކަށީގެންވާ އަގު ހުށަހަޅާފައިވާ ފަރާތްތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ.
  • މި ކުންފުނީގެ ބިޑް ކޮމިޓީން މި މަސައްކަތް އެވޯޑް ކުރުމުން އެވޯޑް ކުރެވުނު ފާރާތަށައި އަދި އެވޯޑް ނުވާ ފަރާތްތަކަށް އެކަން އެންގޭނެއެވެ. އަދި އެވޯޑް ނުވާ ފަރާތްތަކަށް 5 ދުވަހުގެ މުހުލަތެއް ޝަކުވާ ހުށަހެޅުމަށް ލިބޭނެއެވެ. މި 5 ދުވަހުގެ ތެރޭގައި އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައި ނުވާނަމަ އެވޯޑް ކުރެވުނު ފަރާތާއެކު އެއްބަސްވުން ހެދި މަސައްކަތް ހަވާލުކުރެވޭނެއެވެ.

5

 

މަސައްކަތް ޙަވާލުކުރުން

  • ޕްރޮޕޯސަލްތައް ކޮމެޓީން އިވެލުއޭޓްކޮށް އެންމެ މަތީމާކްސް ލިބޭ ފަރާތާ / ފަރާތްތަކާ މަސައްކަތް ޙަވާލުކުރެވޭނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

 

6

 

އަންދާސީ ހިސާބު ހުށަހަޅަންވީ ގޮތް

  • ޕްރޮޕޯސަލް  ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • އެޑްރެސް ކުރަންވާނީ ،ތިރީގައިވާ ގޮތަށެވެ.
  • ޕްރޮޕޯސަލް ހުށަހަޅާ ކަމެއް-
  • ޕްރިކޮއުމަންޓް ޑިޕާރޓްމަންޓް
  • ޕަބްލިކް ސާރވިސް މީޑިއާ
  • ރޭޑިޔޯ ބިލްޑިންގް

އަމީނީމަގު،މާލެ 20331

 

                03 ރަމަޟާން 1442

                 14 އޭޕްރިލް 2021

15 އެޕްރީލް 2021