ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)462/1/2021/8
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 1256
ސުންގަޑި: 25 އޭޕްރިލް 2021 0000
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ޑިޒައިންކޮށް ޑިވެލޮޕްކޮއްދޭނެ ފަރާތެއް

 

ނަންބަރު:(IUL)462/1/2021/8  

އިޢުލާން

މި ކޮމިޝަނަށް ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ޑިޒައިންކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ (IUL)462/1/2021/5  (22 މާރިޗް 2021) ގެއިޢުލާނާގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.

އެހެންކަމުން، މި ކޮމިޝަނަށް ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ޑިޒައިންކޮށް ޑިވެލޮޕްކޮށްދިނުމަށް ޝައުޤުވެރިވާ، ފަރާތްތަކުން މި ކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ތަފްޞީލު

ތާރީޚު

ދުވަސް

ގަޑި

ޕްރީބިޑް މީޓިންގ (މައުލޫމާތު ސާފުކުރުމަށް)

18 އޭޕްރީލް  2021

އާދީއްތަ

11:00

އަންދާސީހިސާބު ހުށަހެޅުން

25 އޭޕްރީލް 2021

 އާދީއްތަ

11:30

  • ·         ޕްރީބިޑް މީޓިންގ އާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، ހުރަވީ ބިލްޑިންގ 1 ވަނަ ފަންގިފިލާ އަށެވެ.
  • ·         އަންދާސީ ހިސާބު ހުށަހެޅޭނީ، ޕްރީބިޑް މީޓިންގއަށް ހާޟިރުވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

- -  މިއިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 19 އޭޕްރީލް 2021 އިން  22 އޭޕްރީލް  2021 އަށް، ކޮމިޝަނުގެ އީމެއިލް [email protected] އަށް  ސާފު ކުރެއްވުމަށް ބޭނުންވާ މައުލޫމާތު އެނގޭނޭހެން ލިޔުއްވާ މެއިލް ކުރެއްވުން އެދެމެވެ.  އަދި  މި ސުވާލުތަކަށް ދޭ ޖަވާބު ކޮމިޝަނުގެ ވެބް ސައިޓުގައިވާ، މިއިއުލާނާ ގުޅޭ މަޢުލޫމާތާ އެކު ޝާޢިއު ކުރެވޭނެއެވެ.

-          ފޯން:  3302582

-          އީމެއިލް: [email protected]

2 ރަމަޟާން 1442

14 އޭޕްރީލް 2021

 

 

2021-04-14