ބީލަން
ނަންބަރު: (IUL)88-PS/88/2021/37
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 21:24
ސުންގަޑި: 10 ޖޫން 2021 10:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލުން

އިޢުލާން

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ ލިސްޓުގައިވާ ރަށްރަށުގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މިމިނިސްޓްރީއިންވަނީ ނިންމާފައެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 10 ޖޫން 2021 ވާ ބުރާސްފަތި ދުވަހު 10:00 އަށް މި މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 28 އޭޕްރިލް 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު  އީމެއިލް ކުރެއްވުން އެދެމެވެ.

 

މި އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv)  އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 14 އޭޕްރިލް 2021 ވާ ބުދަ ދުވަހުން ފެށިގެން 06 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1230 އާއި ދެމެދު  މިނިސްޓްރީ އޮފް ޓޫރިޒަމް (ވޭލާނާގެ، 5 ވަނަ ފަންގިފިލާ) ރިސެޕްޝަނުންނެވެ.

 

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 06  ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected]  އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.